ދިވެހިރާއްޖޭގައި ޑޮލަރުގެ އަގު ދަށަށް ދާން ފަށައިފި އެވެ.
ޑޮލަރުގެ އަގު ދަށަށް ދަނީ މި ދުވަސްވަރު ޓޫރިޒަމް ވިޔަފާރި ތަކުން ޓެކްސް ދައްކަން ޑޮލަރު މާރުކުރާތީ އެވެ.
ސަރުކާރުގެ ކޮންޓްރޯލް ނެތް އެކްސްޗޭންޖު މާކެޓެއް ހިންގާ ރާއްޖޭގައި ޑޮލަރުގެ އަގު މިހާރު ހުރީ 17.80 ދިވެހި ރުފިޔާ ގައެވެ. މީގެ ހަފުތާއެއްގެ ކުރީގައި ޑޮލަރުގެ އަގު ހުރީ 18.80 ދިވެހި ރުފިޔާގައެވެ. މިއީ 1.80 ރުފިޔާގެ ދަށް ވުމެކެވެ،
ޑޮލަރުގެ އަގު ދަށްވުމުގެ މައިގަނޑު ސަބަބަކީ މި ދުވަސްވަރު ޓެކްސް ދައްކަން ފައިސާ މާރުކުރުން އިތުރުވުމާއެކު ޑޮލަރު އިތުރުވުމެވެ.
ކޯވިޑް-19ގެ މިހާލަތާ ގުޅިގެން އިގްތިސޯދީ ހާލަތު ގޯސްވުމާއެކު ކަޅުބާޒާރުގައި ޑޮލަރެއްގެ އަގު 20 ދިވެހި ރުފިޔާ އަށް މަތިވި އެވެ. ދިވެހިރާއްޖޭގައި ޑޮލަރުގެ ރަސްމީ އެކްސްޗޭންޖް ރޭޓަކީ 15.42 ރުފިޔާއެވެ.
ނަމަވެސް ކަޅު ބާޒާރުގައި ބޮޑު އަގުގައި ޑޮލަރު ވިއްކަމުންދާކަން ފާހަގަކުރެވެއެވެ. މިއީ އެއްވެސް ސަރުކާރަކަށް މިހާތަނަށް ހައްލު ނުވި ބޮޑު މައްސަލައެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް