ކޯވިޑް-19 އިން ދިފާއުވުމަށް ވެކްސިން ނުޖަހާ މީހުންނަށް މާލޭ ސަރަހައްދުގެ ގެސްޓް ހައުސްތަކަށް ނުވަދެވޭ ގޮތް ހަދައިފި އެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ އިޢުލާނެއްގައި ވާ ގޮތުގައި މީހުން ދިރިއުޅޭ ރަށްރަށުގައި ހުންނަ ގެސްޓް ހައުސްތަކަށް ޗެކް -އިން ކުރެވޭނީ ވެކްސިންގެ ޑޯޒްތައް ފުރިހަމަވެ 14 ސާދަ ދުވަސް ހަމަވެފައިވާ ފަތުރުވެރިންނަށެވެ. މިގޮތަށް ވެކްސިން ފުރިހަމަނުވާ ފަތުރުވެރިންނަށް މީހުން ދިރިއުޅޭ ރަށްރަށުގެ ގެސްޓް ހައުސްތަކަށް ޗެކް -އިން ކުރެވޭނީ އެ ރަށެއްގެ ވެކްސިން ކަވަރޭޖް ތިރީގައިވާ ގޮތަށް ފުރިހަމަވުމުންނެވެ.
- ރަށުގައި ދިރިއުޅޭ މުޅި އާބާދީގެ %60 އަށް ވެކްސިން ޑޯޒްތައް ފުރިހަމަ ވެފައިވުން
- ރަށުގައި ފަތުރުވެރިންނަށް ޚިދުމަތްދިނުމުގައި މަސައްކަތްކުރާ ހުރިހާ ފަރާތްތައް ހިމެނޭގޮތަށް %95 މީހުންނަށް
ވެކްސިންގެ ޑޯޒްތައް ފުރިހަމަވެފައިވުން
- ރަށުގައި ދިރިއުޅޭ 65 އަހަރުން މަތީގެ އާބާދީގެ %90 މީހުން ވެކްސިން ޑޯޒްތައް
ފުރިހަމަވެފައިވުން
- ވެކްސިން ޑޯޒް ފުރިހަމަ ވެފައި ކަމަށް ބަލާނީ ވެކްސިންގެ ޖަހަންޖެހޭ ޑޯޒްތައް ފުރިހަމަ ވުމަށްފަހު 14 ދުވަސް
ވުމުންނެވެ.
މަތީގައިވާ ގޮތަށް ވެކްސިން ކަވަރޭޖް ހަމަވެފައިވާ ރަށްރަށަށް، ވެކްސިންގެ ޑޯޒްތައް ފުރިހަމަނުވާ ފަތުރުވެރިން ދަތުރުކުރާނަމަ ޗެކް -އިން ކުރާ ދުވަހުން ފެށިގެން 7 ދުވަސް ހަމަވުމުން ޕީ.ސީ.އާރު ޓެސްޓް ހަދަންވާނެ ކަމަށް އިޢުލާންގައިވެއެވެ.
އެ ގޮތުގެ މަތިން ވެކްސިނޭޝަން ކަވަރޭޖް ފުރިހަމަވެފައި ނުވާތީ ގްރޭޓަރ މާލޭ އޭރިއާގައި ހުންނަ ގެސްޓްހައުސްތަކަށް ޗެކް -އިން ކުރެވޭނީ ވެކްސިންގެ ޑޯޒްތައް ފުރިހަމަވެފައިވާ ފަތުރުވެރިންނަށް އެކަނި ކަމަށް އެޗްޕީއޭއިން ބުނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް