ސޯނަމް "ބާގް މިލްކާ ބާގް" ކުޅުނީ ހީނުކުރާ ފަދަ އަދަދަކަށް!

ޑަރިރެކްޓަރު އޯމް ޕްރަކާޝް މެހެރާ އޭނާގެ އޮޓޯ ބަޔޯގްރަފީގައި "ބާގް މިލްކާ ބާގް" ގައި ސޯނަމް ކަޕޫރު އެ ފިލްމު ކުޅުނު އަގު ވަނީ ބުނެދީފައެވެ. "ބާގް މިލްކާ ބާގް" އަކީ ކުޅިވަރުގެ ފިލްމެކެވެ. އަދި މި ފިލްމ...

11 Aug 2021 | 05:45

ޑަރިރެކްޓަރު އޯމް ޕްރަކާޝް މެހެރާ އޭނާގެ އޮޓޯ ބަޔޯގްރަފީގައި "ބާގް މިލްކާ ބާގް" ގައި ސޯނަމް ކަޕޫރު އެ ފިލްމު ކުޅުނު އަގު ވަނީ ބުނެދީފައެވެ.

"ބާގް މިލްކާ ބާގް" އަކީ ކުޅިވަރުގެ ފިލްމެކެވެ. އަދި މި ފިލްމުގެ ލީޑް ރޯލުން ފެނިގެން ގޮސްފައިވަނީ ފަރްޚާން އަޚްތަރެވެ.

ޑައިރެކްޓަރު ރާކޭޝް ލިޔެފައިވާ ގޮތުން އޭނާ ވަނީ އުފާވެރި ވަގުތުތަކެއް "ދިއްލީ-6 " ގައި މަސައްކަތްކުރި އިރު ސޯނަމް ކަޕޫރާއި އެކު ހޭދަ ކޮށްފައެވެ.

އެ ފިލްމުގައި ސޯނަމްގެ އިތުރުން މަސައްކަތް ކޮށްފައިވަނީ އަބިޝެކް ބަޗަންއެވެ. ރާކޭޝް ބުނީ "ބާގް މިލްކާ ބާގް" ގައި ސޯނަމްގެ ހާއްސަ ފެނިލުމަށް އޭނާ ނެގީ އެންމެ 11 ރުޕީސް ކަމަށެވެ.

ރާކޭޝް ބުނީ އެންމެ އެގާރަ ރުފިޔާއަށް އެ ފިލްމުގައި ހާއްސަ ފެނިލުމަށް ބޭނުންވީ ސޯނަމް ކަމަށާއި، އޭނާ ބުނީ 7 ދުވަހުން އޭނާގެ ބައި ފުރިހަމަ ވާނެ ކަމަށެވެ.

ސޯނަމް ވަނީ އެ ފިލްމު ތައްޔާރު ކުރާތީ ވަރަށް ތައުރީފުވެސް ކޮށްފައެވެ. އަދި 11 ރުޕީސް ނަގަން ނިންމީ އެ ފިލްމަށް އޭނާވެސް ކޮންޓްރިބިއުޓް ކުރަން ކަމަށް ރާކޭޝް ވަނީ ބުނެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް