ރާއްޖޭގައި ކޯވިޑް-19 ވެކްސިން ފުރިހަމަ ކުރި މީހުންގެ އަދަދު 287،000 އަށް އަރައިފި އެވެ.
އެޗްޕީއޭއިން ރޭ އާންމު ކުރި އެންމެ ފަހުން ތަފާސް ހިސާބު ދައްކާގޮތުން އިއްޔެ ކޯވިޑް ވެކްސިންގެ ދެ ވަނަ ޑޯޒު1،668 މީހަކު ޖަހާފައިވެ އެވެ. އޭގެ ތެރެއިން787 މީހުން މާލެ ސަރަހައްދުން ވެކްސިން ފުރިހަމަ ކޮށްފައިވާއިރު އަތޮޅު ތެރެއިން881 މީހަކު ވެކްސިންގެ ދެ ވަނަ ޑޯޒު ޖަހާފައިވެ އެވެ.
މިއާއި ރާއްޖެއިން ކޯވިޑް ވެކްސިން ފުރިހަމަ ކުރި މީހުންގެ އަދަދު ވަނީ287،599 އަށް އަރާފައި އެވެ.
އެއްިެ ވެކްސިންގެ ފުރަތަމަ ޑޯޒު ޖެހީ1،162 މީހުންނެވެ. އޭގެ ތެރެއިން636 މީހުން ފުރަތަމަ ޑޯޒު ޖެހީ މާލެއިންނެވެ. އަނެއް526 މީހުން ވެކްސިންގެ ފުރަތަމަ ޑޮޒު ޖެހީ އަތޮޅު ތެރޭގެ ވެކްސިން ސެންޓަރު ތަކުންނެވެ.
އިއްޔެ ފުރަތަމަ ޑޯޒު ޖެހި މީހުންނާއި އެކު ރާއްޖެއިން ކޯވިޑް ވެކްސިންގެ ފުރަތަމަ ޑޯޒު ޖެހި އަދަދު ވަނީ332،618 އަށް އަރާފަ އެވެ.
ރާއްޖޭގައި މިހާރު ދެމުން ދަނީ އެސްޓްރަޒެނިކާ ވެކްސިން އާއި ސިނޮފާމް ވެކްސިން އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް