ނ. ހެނބަދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ މަސައްކަތް ނިމިއްޖެ އެވެ.
މި މަސައްކަތް ކުރާ ކުންފުނި އެމްޓީސީސީ އިން ބުނީ އެ މަސައްކަތް ނިމިފައިވަނީ މި އޯގަސްޓު މަހުގެ 2 ވަނަ ދުވަހު ކަމަށެވެ.
މި މަޝްރޫޢުގެ ދަށުން، ކޮނުމަށްފަހު ބިންގަނޑު އެއްވަރުކުރަން 5000 ކިއުބިކް މީޓަރުގެ ވެލި ބޭނުންކުރުމާއި 25 މީޓަރުގެ ސަރަޙައްދެއްގައި ގްރޮއިން ޖެހުމަށް ވަނީ ނިންމާފަ އެވެ.
މީގެ އިތުރުން 235 މީޓަރުގެ ސަރަޙައްދެއްގައި ބޮޑުހިލައިގެ ރިވެޓްމެންޓް ޖެހުމާއި 235 މީޓަރުގެ ސަރަޙައްދެއްގައި ޖިއޯޓެކްސްޓައިލްސް ޖެހުމަށް ވެސް މި މަޝްރޫޢުގެ ތެރޭގައި ހިމެނެ އެވެ.
މިއީ 5 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް