ތ. އަތޮޅުން ދެކުނަށް މިއަދުވެސް ބޯކޮށް ވާރޭވެހި ގުގުރާނެ

މެދު ރާއްޖެ ތެރެއާއި ދެކުނުގެ އަތޮޅުތަކަށް މިއަދުވެސް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށްފި އެވެ. މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ނެރެފައިވާ ވައިޓް އެލާޓުތުގެ މުއްދަތު އިތުރު ކުރީ ތ. އަތޮޅުން ފެށިގެން އައ...

11 Aug 2021 | 04:31

މެދު ރާއްޖެ ތެރެއާއި ދެކުނުގެ އަތޮޅުތަކަށް މިއަދުވެސް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށްފި އެވެ.

މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ނެރެފައިވާ ވައިޓް އެލާޓުތުގެ މުއްދަތު އިތުރު ކުރީ ތ. އަތޮޅުން ފެށިގެން އައްޑޫ ސިޓީ އާއި ދެމެދުގެ ރަށްތަކަށެވެ. އެ ސަރަހައްދުތަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށްފައިވަނީ ހެނދުނު 9:15 ން މެންދުރު ފަހު 3:00 އަށެވެ.

މި އެލާޓު ފުރަތަމަ ނެރެފައިވަނީ ރޭ މެންދަމު2:00 ން މިއަދު ހެނދުނު8:00 އަށެވެ. މެޓް އޮފީހުން ބުނީ އެ ސަރަހައްދުގެ ރަށްތަކަށް މިއަދުވެސް ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށެވެ.

އެހެން ސަރަހައްދުތަކުގެ ރަށްތަކަށްވެސް ކޮންމެސް ވަރަކަށް ވާރޭ ވެހޭނެ ކަމަށް ލަފާ ކުރެ އެވެ.

ވައި ޖެހޭނެ ކަމަށް ލަފާ ކުރަނީ ހުޅަނގާއި ހުޅަނގުއުތުރުން، ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު ތިން މޭލާއި 13 މޭލާ ދެމެދުގެ ބާރުމިނުގައި އެވެ. އެހެން ހިސާބުތަކަށް ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ލަފާ ކޮށްފައިވާއިރު ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލަށް ވައި ގަދަވުން އެކަށީގެންވާ ކަމަށް ބުނެ އެވެ.

ހުރިހާ ސަރަހައްދެއްގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެ ކަމަށް ލަފާކޮށްފައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް