ކަރެކްޝަންސްގެ ބަންދުގައި ތިބި ބިދޭސީން ތަކެއް ފިލައިފި

ހުޅުމާލޭ ޑިޓެންޝަންސް ސެންޓަރުގައި ބަންދުކޮށްފައި ތިބި ފަސް ބިދޭސީ އަކު ފިލައިފި އެވެ. މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ބެލުމުގެ ދަށުން ހިންގާ އެ ސެންޓަރުން ބިދޭސީންތައް ފިލީ ރޭ ދަންވަރުގެ ވަގުތެއްގައ...

11 Aug 2017 | 10:23

ހުޅުމާލޭ ޑިޓެންޝަންސް ސެންޓަރުގައި ބަންދުކޮށްފައި ތިބި ފަސް ބިދޭސީ އަކު ފިލައިފި އެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ބެލުމުގެ ދަށުން ހިންގާ އެ ސެންޓަރުން ބިދޭސީންތައް ފިލީ ރޭ ދަންވަރުގެ ވަގުތެއްގައި އެވެ. ކަރެކްޝަންސް ގެ އިންފޮމޭޝަން އޮފިސަރު އަހުމަދު ލުގުމާން ވިދާޅުވީ ފިލާފައިވަނީ ބަންގްލަދޭޝްގެ ފަސް މީހުން ކަމަށެވެ.

ފެންސާއި ޓިނު ބޭނުންކޮށްގެން ބަންދުކޮށްފައި ހުންނަ އެ ސެންޓަރުން އެމީހުން ފިލީ ޓިނުގަނޑެއް އިރާލައިގެން ކަމަށެވެ. ފިލާފައިވާ މީހުންގެ ތެރެއިން ހަތަރު މީހުންނަކީ މާރާމާރީއާއި ގުޅިގެން ހައްޔަރު ކޮށްފައިވާ މީހުންނެވެ އަނެއް މީހަކީ މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްަރުކޮށްފައިވާ މީހެކެވެ.

އެމީހުން ކަރެކްޝަންސްގެ ބެލުމުގެ ދަށުގައި ތިބީ ބަންގްދަލޭޝްއަށް ފުރާވެލެވެންދެން ކަމަށް ލުގުމާން ވިދާޅުވި އެވެ. އަދި އެމީހުންނަކީ ހުކުމެއް ކޮށްފައިވާ ބައެއް ނޫންކަމަށް ވިދާޅުވި އެވެ.

މި މީހުންނާއި ގުޅޭ މައުލޫމާތެއް ލިބިފައިވާ ފަރާތެއް ނަމަ ފުލުހުންނާއި ހިއްސާ ކުރުމަށް ވަނީ އެދިފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް