އެއާޕޯޓުން ހުޅުމާލެއަށް ދިޔަ ކާރެއް ތިން މީހުންނާއި އެކު މޫދަށް ވެއްޓިއްޖެ

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ދުއްވާފައި ދިޔަ ކާރެއް މޫދަށް ވެއްޓިއްޖެ އެވެ. މިހާދިސާގައި ވެއްޓިފައިވާ ހުޅުމާލޭގައި ހިންގާ ޕައިން ލޮޖް ގެސްޓް ހައުސްގެ ކާރެކެވެ. ކާރު ވެއްޓިފައިވަނީ ހުޅުލޭ އިރުމަތ...

11 Aug 2017 | 10:09

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ދުއްވާފައި ދިޔަ ކާރެއް މޫދަށް ވެއްޓިއްޖެ އެވެ.

މިހާދިސާގައި ވެއްޓިފައިވާ ހުޅުމާލޭގައި ހިންގާ ޕައިން ލޮޖް ގެސްޓް ހައުސްގެ ކާރެކެވެ. ކާރު ވެއްޓިފައިވަނީ ހުޅުލޭ އިރުމަތީ ފަރާތުން، ހުޅުމާލެއަށް ދަތުރުކުރަމުން ދަނިކޮށެވެ.

ހާދިސާ ހިނގި އިރު ކާރުގައި ތިބީ ޕައިން ލޮޖްގެ ޑްރައިވަރާއި އިތުރު ދެ މީހެކެވެ. މިހާދިސާގައި އެއްވެސް މީހަކަސް ގެއްލުމެއް ނުވާކަމަށް ޕައިން ލޮޖުގެ އޮފިޝަލަކު ދުވަހަށް މައުލޫމާތު ދެމުން ބުންޏެވެ. އެކަމަކު ކާރަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށެވެ.

ފުލުހުންގެ މީޑިއާ އޮފިސަރު ވިދާޅުވީ އެ ހާދިސާގެ ރިޕޯޓު ފުލުހުންނަށް ކޮށްފައިވަނީ ހެނދުނު 11:15 ހާއިރު ކަމަށެވެ. ފުލުހުން ބުނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް