އެންޖެލީނާ ޖޯލީ އާއި ބްރެޑްޕިޓް އަލުން ގުޅެނީ!

އެންޖެލީނާ ޖޯލީ އާއި ބްރެޑްޕިޓް ވަރިވާން ނިންމާފައިވާ ނިންމުން ބަދަލުވެދާނެ ކަމަށް ގާތް މީހަކު ބުނެފި އެވެ. ދެ މީހުން ވަރިވާން ނިންމާ އެންޖެލީނާ ކޯޓަށް މައްސަލަ ހުށަހެޅީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މ...

11 Aug 2017 | 03:00

އެންޖެލީނާ ޖޯލީ އާއި ބްރެޑްޕިޓް ވަރިވާން ނިންމާފައިވާ ނިންމުން ބަދަލުވެދާނެ ކަމަށް ގާތް މީހަކު ބުނެފި އެވެ.

ދެ މީހުން ވަރިވާން ނިންމާ އެންޖެލީނާ ކޯޓަށް މައްސަލަ ހުށަހެޅީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އެވެ. އަދި ކޯޓު މަރުހަލާގައި އެންޖެލީނާ ވަނީ އެކި ފަހަރު އެކި ވާހަކަ ދައްކާފައިވެ އެވެ.

އެގޮތުން ބްރެޑްޕިޓް ކައިރިން ވަރިވާން ނިންމީ ކުދިންނަށް އަނިޔާ ކުރާތީ ކަމަށް އެއްފަހަރު ބުނި އިރު އަނެއް ފަހަރު ބުނީ ރާބުއިމުގެ އާދަ ބްރެޑްޕިޓް ދޫކޮށްލަން ބޭނުންނުވާތީ ހިތްހަމަ ނުޖެހެނީ ކަމަށެވެ. ފަހުން ވަނީ އެ ދެމީހުންގެ ދަރިން އެންޖެލީނާ އާއި ހަވާލު ކުރުމަށް އެދިފައި އެވެ.

އެކަމާ ގުޅިގެން ބްރެޑްޕިޓް ބުނެފައިވަނީ ކުދިން ބެލުމުގެ ޒިންމާ ނަގަން އޭނާވެސް ތައްޔާރު ކަމަށެވެ. އޭގެ ފަހުން ބްރެޑް ޕިޓް ވަނީ ރާބުއިމުގެ އާދައަކީ ހުއްޓާލަން ޖެހިފައިވާ ކަމެއްކަން އަމިއްލައަށް ގަބޫލު ކުރެވޭ ކަމަެވެ.

އޭގެ ފަހުން ދެ ތަރިންގެ ވަރިވުމުގެ ވާހަކަ އެއްކޮށް ހުޓުނުތާ ދުވަސްކޮޅެއް ވެއްޖެ އެވެ. އެ ދެމީހުންގެ ގާތް މީހަކު މީޑިއާގައި ބުނެފައިވަނީ ބްރެޑް ޕިޓާ ވަރިވާން އެންޖެލީނާ ބޭނުންވިޔަސް ދުރުގައި ހުންނަން އޭނާއަށްވެސް އުނދަގޫކަމަށާއި އެއަށް ވުރެ ދެމީހުން ލޯބިވާ ކަމަށެވެ. އެހެން ކަމުން އެ ދެ މީހުން ވަރިވާނެ ކަމަށް މިހާރު ނުބެލެވޭ ކަމަށެވެ.

އަދި ބުނެފައިވަނީ ވަރިވާން ދެމީހުން ނިންމި ނަމަވެސް ދުރުވާން އެއްވެސް މަސައްކަތެއް ކޮށްފައިނުވާ ކަމަށެވެ. އެގޮތުން ދެމީހުން ކުދިންނާއި އެކު އުފާވެރި ވަގުތުތަކެއް ހޭދަކޮށްފައިވާ ކަމަށެވެ.

މީގެ އިތުރުން އެމީހާ ބުނެފަިއވަނީ އެންޖެލީނާ ވަރިވާން ނިންމީ ބްރެޑް ޕިޓްގެ ކިބައިގަ ހުރި ނުރަނގަޅު ސިފަތަަކާއި މެދު ހިތްހަމަ ނުޖެހިގެން ކަމަށެވެ. އަދި މިހާރު އެ ކަންކަން އިސްލާހު ކުރަން އޭނާ އަމިއްލައަށް ބޭނުންވާތީ އެންޖެލީނާވެސް ވަރިވާން ބޭނުން ނުވަނީ ކަމަށެވެ.

އެންޖެލީނާ އާއި ބްރެޑްޕިޓްގެ ހަ ކުދިން ތިބެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް