މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ބުލެޓް ސައިޒުގެ 03 ރަބަރު ޕެކެޓާއި 32 ކުދި ރަބަރު ޕެކެޓާއި އެކު މީހަކު ޏ.ފުވައްމުލަކުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
މި މައްސަލައާއި ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ 19 އަހަރުގެ ދިވެހި ފިރިހެނެކެވެ.
ފުލުހުން ހާމަކުރައްވާ ގޮތުގައި މިމީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ވަނީ ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތި ގެންގުޅެ އެތަކެތީގެ ވިޔަފާރިކުރާ ކަމަށް 2015 އޮގަސްޓް 09 ވަނަ ދުވަހު 13:15 ހާއިރު ފުލުހުންނަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން ހިންގި އޮޕަރޭޝަންގައި ޏ.ފުވައްމުލައް، މާލެގަން ޒިކުރާ އިންސްޓިޓިއުޓް ކައިރިންކަމަށެވެ.
ފުލުހުންގެ ބެލުމުގެ ދަށައް އޭނާ ގެންގޮސް ބަލައިފާސްކުރިއިރު އެނާ ހުރި ދިމާލު ބިންމަތިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 01 ރަބަރު ޕެކެޓް ވަނީ ފެނިފައެވެ. އަދި ކޯޓު އަމުރެއްގެ ދަށުން އޭނާ ދިރުއުޅޭ ތަން ބަލާފާސްކުރިއިރުއެގޭ ގުދަނެއްގެ ތެރޭގައި އަޅާފައިއޮތް ތަރަފާލު ދަށުން ބްލެޓް ސައިޒުގެ 03 ރަބަރު ޕެކެޓާއި 32 ކުދި ރަބަރު ޕެކެޓް ފެނިފައިވާކަމަށް ވެސް ފުލުހުން ހާމަކުރައްވައެވެ.
މިމައްސަލައާއި ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ޏ.ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން ވަނީ މިނިސްޓްރީ އޮފް ހޯމް އެފެއަރޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބަހައްޓައިގެން ތަޙުޤީޤު ކުރިޔަށް ގެންދިއުމަށް 15 ދުވަހުގެ މުއްދަތެއް ދީފައިވާކަމަށާއި މަސްތުވާތަކެތީގެ މި މައްސަލަ ޏ.ފުވައްމުލަކު ޕޮލިސް ސްޓޭޝަނުން ތަޙުޤީޤު ކުރަމުން އަންނަ ކަމަށް ފުލުހުން ހާމަކުރައްވައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް