ވަގަށް ނަގާފައިވާ ފޯނުތަކަކާއެކު ގުރައިދޫން މީހަކު ހައްޔަރު ކޮށްފި

ވަގަށްނަގާފައިވާކަމަށް ބެލެވޭ ފޯނުތަކަކާ އެކު ކ.ގުރައިދޫއިން މީހަކު ހައްޔަރު ކޮށްފި އެވެ. ފުލުހުން ބުނީ މި މައްސަލާގައި ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފައިވަނީ  29 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ...

11 Aug 2015 | 05:12

ވަގަށްނަގާފައިވާކަމަށް ބެލެވޭ ފޯނުތަކަކާ އެކު ކ.ގުރައިދޫއިން މީހަކު ހައްޔަރު ކޮށްފި އެވެ.

ފުލުހުން ބުނީ މި މައްސަލާގައި ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފައިވަނީ  29 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.

މި މީހާ ފުލުހުންގެ ބެލުމުގެދަށަށް ގެންގޮސްފައިވަނީ 2015 އޮގަސްޓް 10 ވަނަ ދުވަހު ފަތިހު ކ.ގުރައިދޫ ގެއަކުން ވައްކަން ކޮށްފައިވާކަމުގެ އުލޫމާތު ފުލުހުންނަށް ލިބުމާއި ގުޅިގެން ކ.ގުރައިދޫ ޕޮލިސް ސްޓޭޝަނުގައި މަސައްކަތްކުރާ ފުލުހުން ކުރަމުންދިޔަ މަސައްކަތުން އެދުވަހުގެ 13:00 ހާއިރު ކަމަށާއި ވަގަށްނަގާފައިވާކަމަށް ބެލެވޭ ފޯނުތައް ފެނިފައިވަނީ ކ. ގުރައިދޫގެ އެކި ސަރަޙައްދުތަކުން ކަމަށް ފުލުހުން ބުނެ އެވެ.

ފުލުހުން އިތުރަށް ބުނީ މި މައްސަލާގައި ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފައިވާ މީހާއަކީ 07 ފަހަރު ހުއްޓުވާ ސުވާލުކޮށް 10 ފަހަރު ފުލުހުންގެ ބެލުމުގެދަށަށް ގެނެސް 08 ފަހަރު ހައްޔަރުކޮށްފައިވާ މީހެއް ކަމަށެވެ. އަދި މި މީހާގެ މައްޗައް ތުހުމަތުކުރެވޭ 05 މައްސަލައެއްގެ ތަހުޤީގް ނިންމާ ޕްރެސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާއިރު އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ 04 މައްސަލައެއްގެ ކުށް ސާބިތުވުމާއި ގުޅިގެން ޙުކުމް ކޮށްފައިވާ ކަމަށެވެ.

މި މައްސަލާގައި ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފައިވާ މީހާއަކީ މަސްތުވާތަކެތީގެ މައްސަލަތަކުގެ އިތުރުން ވައްކަމުގެ ގިނަ ޢަދަދެއްގެ މައްސަލަތަކުގެ ރެކޯޑްސް އޮންނަ މީހެއް ކަމަށާއި މި މައްސަލަ ކ.ގުރައިދޫ ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުން އަންނަ ކަމަށްވެސް ފުލުހުން ބުނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް