އެޗްއާރުސީއެމަށް ކުރިމަތިލެއްވި ތިން ބޭފުޅަކަށް ކޮމިޓީން ރުހުން ދީފި

ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވެސް (އެޗްއާރުސީއެމް)ގެ ތިން މެމްބަރެއްގެ މަގާމުގެ މުއްދަތު ހަމަވާތީ އެ ތިން މަގާމުތަކަށް އައްޔަން ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ތިން ނަމަށް މަޖިލ...

11 Aug 2015 | 04:51

ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވެސް (އެޗްއާރުސީއެމް)ގެ ތިން މެމްބަރެއްގެ މަގާމުގެ މުއްދަތު ހަމަވާތީ އެ ތިން މަގާމުތަކަށް އައްޔަން ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ތިން ނަމަށް މަޖިލީހުގެ ކޮމިޓީން ރުހުން ދީފި އެވެ.

އެޗްއާރުސީއެމްގެ މެމްބަރު ކަމަށް އައްޔަންކުރެއްވުމަށް ރައީސް އަބްދުﷲ ޔާމީން މަޖިލީހަށް ފޮނުއްވާފައި ވަނީ ފުވައްމުލަކު މެދު ދާއިރާގެ ކުރީގެ މެމްބަރު ޝިފާގު މުފީދާއި އައިޝަތު އަފުރީނު މުހައްމަދުގެ އިތުރުން އައިޝަތު އީނާޝްގެ ނަންފުޅެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކޮމެޓީ ރިޕޯޓު ހުށަހަޅުއްވައިދެއްވަމުން ކޮމެޓީގެ މެމްބަރު ގުރައިދޫ ދާއިރާގެ މެމްބަރު އިބުރާހިމް ރިޒާ ވިދާޅުވީ އެޗްއާރުސީއެމްގެ މެމްބަރު ކަމަށް ކުރިމަތިލައްވާފައިވާ ފަރާތްތަކުގެ ތެރެއިން ރައީސް އަބްދުﷲ ޔާމީން މަޖިލީހަށް ހުށަހަޅުއްވާފައިވާ ތިން ބޭފުޅުންނަށް 75 ޕަސެންޓަށް ވުރެ މަތިން މާކްސް ލިބިވަޑައިގެންފައިވާ ކަމަށެވެ.

އެޗްއާރުސީއެމްގައި ތިއްބެވި ފަސް މެމްބަރުންގެ ތެރެއިން ދައުރު ހަމަވަނީ އެ ކޮމިޝަންގެ ރައީސާއި މަރިޔަމް އަޒްރާ އަހުމަދާއި އެ ކޮމިޝަންގެ ނާއިބު ރައީސް އަހުމަދު ތޮލާލް އަދި އެ ކޮމިޝަންގެ މެންބަރު ޖީހާން މުހައްމަދެވެ. އެ ތިން މެމްބަރުންގެ މަގާމުގެ މުއްދަތު މި މަހުގެ 17 ދުވަހު ހަމަވާނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް