ރާއްޖެ ސަރަހައްދުގައި މޫސުން ގޯސްކަމަށް މެޓުން ބުނެފައިވާއިރު މޫސުން އަލިވެލަންދެން މޫދު ކުޅިވަރުތަކާއި އެފަދަ ހަރަކާތްތައް މަޑު ޖައްސާލަން ދިވެހި ފުލުހުން އިލްތިމާސްކޮށްފިއެވެ.
މިކަމަށް އިލްތިމާސްކޮށް ފުލުހުން ކުރި ޕޯސްޓެއްގައި ބުނެފައިވަނީ މޫދުކުޅިވަރުތަކާއި އެފަދަ ހަރަކާތްތަކުގައި އުޅޭ ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަމަކީވެސް ދިވެހި ފުލުހުން ނުހަނު އިސްކަންދޭކަމެއް ކަމަށާއި މިހާރުވެސް ކަނޑުމަތީގެ ހިތާމަވެރި އެތައް ހާދިސާތަކެއް ރިޕޯޓްކޮށްފައިވާއިރު އެފަދަ ހަރަކާތްތައް މަޑުޖައްސާލަން އެދޭ ކަމަށެވެ.
ފުލުހުން މިފަދަ އިލްތިމާހެއްކޮށްފައިވާއިރު އިއްޔެ ޑިންގީއެއްގައި ކަނޑުމައްޗަށް ނިކުތް އުމުރުން ދުވަސްވީ މީހަކު ގެއްލިގެން ހޯދުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. އިއްޔެ ކެނޯއެއްގައި ނިކުތް މީހަކުވެސް ގެއްލުނެވެ. އަދިވެސް އިއްޔެ ކަނޑުމަތީގެ ހިތާމަވެރި އެތައް ހާދިސާއެއް ހިނގާފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް