ހުޅުމާލެ އަލިފާނުގެ ހާދިސާ: ދުމުގެ އަސަރު ކުރި 3 ފުލުހަކަށް ފަރުވާދެނީ

ހުޅުމާލޭގައި ހުންނަ އެންސިސްގެ ގުދަނުގައި ރޭ ހިނގި އަލިފާނުގެ ހާދިސާގައި، އަލިފާން ކޮންޓްރޯލުކުރަން މަސައްކަތްކުރި ތިން ފުލުހަކަށް ދުމުގެ އަސަރުކޮށްގެން ހޮސްޕިޓަލުގައި ފަރުވާދޭން ފަށައިފިއެވެ. ފުލުހުނ...

11 Jul 2025 | 07:11

ހުޅުމާލޭގައި ހުންނަ އެންސިސްގެ ގުދަނުގައި ރޭ ހިނގި އަލިފާނުގެ ހާދިސާގައި، އަލިފާން ކޮންޓްރޯލުކުރަން މަސައްކަތްކުރި ތިން ފުލުހަކަށް ދުމުގެ އަސަރުކޮށްގެން ހޮސްޕިޓަލުގައި ފަރުވާދޭން ފަށައިފިއެވެ.

ފުލުހުން މިއަދު ބުނީ ރޭ ހުޅުމާލޭގައި ހިނގި އަލިފާނުގެ ހާދިސާ ކޮންޓްރޯލް ކުރަން  މަސައްކަތް ކުރުމުގެ ތެރޭގައި ދުމުގެ އަސަރުކޮށްގެން ހުޅުމާލޭގައި މަސައްކަތްކުރާ 3 ފުލުހަކަށް ރެއިން ފެށިގެން ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދެމުން އަންނަ ކަމަށެވެ.

މީގެ އިތުރުން އެ ތިން ފުލުހުންގެ ހާލު މިހާރު ރަނގަޅުވަމުން އަންނަ ކަމަށް ފުލުހުން ބުނެފައި ވެއެވެ.

ހުޅުމާލެ ފޭސް 1 ގައި ހުންނަ އެންސިސް ގުދަނުގައި ރޭ ހިނގި އަލިފާނުގެ ހާދިސާ ކޮންޓްރޯލްވެފައި ވަނީ  ފުލުހުންނާއި ސިފައިން އަލިފާން ނިވުމަށް މަސައްކަތް ކުރަމުން އަންނަތާ ހަތަރު ވަރަކަށް ގަޑި އިރު ފަހުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް