ގެއްލުނު ކަމަށް ރިޕޯޓުކުރި ދޯނި ސަލާމަތުން ރަށަށް ވަދެއްޖެ

މަހަށް ނިކުމެ އުޅެނިކޮށް އިއްޔެ ގެއްލުނު ކަމަށް ރިޕޯޓުކުރި ދޯނި ސަލާމަތުން ރަށަށް ވަދެފައިވާކަމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ބުނެފިއެވެ. މިކަން ހާމަކޮށް އެމްއެންޑީއެފްއިނ...

11 Jul 2025 | 04:38

މަހަށް ނިކުމެ އުޅެނިކޮށް އިއްޔެ ގެއްލުނު ކަމަށް ރިޕޯޓުކުރި ދޯނި ސަލާމަތުން ރަށަށް ވަދެފައިވާކަމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ބުނެފިއެވެ.

މިކަން ހާމަކޮށް އެމްއެންޑީއެފްއިން ބުނެފައިވަނީ މަހަށް ނިކުމެ އުޅިނިކޮށް ގެއްލުނުކަމަށް އިއްޔެ ރިޕޯޓުކޮށްފައިވާ ދޯނި، ސަލާމަތްތެރިކަމާއެކު އަނބުރާ ރަށަށް ވަދެފައިވާކަމަށެވެ.

ހަތް މީހުންނާ އެކު މަހަށް ނިކުތް ތ.ވިލުފުށީ "ވިލުރޯދި" ނަމަކަށްކިޔާ ދޯނީގެ ޚަބަރެއް ނުވެގެން އެމްއެންޑީއެފް ކޯސްޓްގާޑަށް އިއްޔެ ވަނީ ރިޕޯޓުކުރިކަމަށާއި ނަމަވެސް ޖުލައި 11ވަނަ ދުވަހުގެ ދަންވަރު އެ ދޯނީގައި ތިބި ފަޅުވެރިންނާ ގުޅި، ސަލާމަތްތެރިކަމާ އެކު ދަންވަރު 02:00 ހާއިރު ދޯނި ތ.ވިލުފުއްޓަށް ވަދެފައިވާކަމުގެ މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑަށް ލިބިފައިވާކަމަށް ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް