ތިން ސްޕާއެއް ފާސްކޮށް ބިދޭސީ އަންހެނަކު އަތުލައިގެންފި

އިމިގްރޭޝަނުން ހިންގި އޮޕަރޭޝަނެއްގައި ތިން ސްޕާއެއް ބަލާ ފާސްކޮށް ބިދޭސީ އަންހެނަކު އަތުލައިގެންފިއެވެ. އިމިގްރޭޝަނުން ބުނެފައިވާގޮތުގައި އެ އޮޕަރޭޝަނަކީ ގަވާއިދާ ޚިލާފަށް ވިޔަފާރިކުރަމުންދާ ބިދޭސީން...

11 Jul 2024 | 10:17

އިމިގްރޭޝަނުން ހިންގި އޮޕަރޭޝަނެއްގައި ތިން ސްޕާއެއް ބަލާ ފާސްކޮށް ބިދޭސީ އަންހެނަކު އަތުލައިގެންފިއެވެ.

އިމިގްރޭޝަނުން ބުނެފައިވާގޮތުގައި އެ އޮޕަރޭޝަނަކީ ގަވާއިދާ ޚިލާފަށް ވިޔަފާރިކުރަމުންދާ ބިދޭސީން ހޯދުމަށް ކުރިއަށްގެންދާ އޮޕަރޭޝަންގެ ތެރެއިން ކުރިއަށްގެންދިޔަ އޮޕަރޭޝަނެކެވެ.

ސައްހަ ވިސާނެތި ސްޕާތަކުގައި މަސައްކަތްކުރާ ބިދޭސީންނަށް ހާއްސަކޮށްގެން ކުރިއަށްގެންދިޔަ އެ އޮޕަރޭޝަންގައި ތިން ތަނެއް ބަލާ ފާސްކޮށް ވިސާ ނެތް ބިދޭސީ އަންހެނަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށް ފުލުހުން ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް