ލާމުގައި ކާރެއްގައި އަލިފާން ރޯވެއްޖެ

ލ. ގަމުގައި ކާރެއްގައި ރޯވެ ކާރަށް ބޮޑެތި ގެއްލުންތަކެއް ލިބިއްޖެއެވެ. މީގެ ގަޑިއިރެއްހާއިރު ކުރިން ހިނގި އެ ހާދިސާގައި އަލިފާން ރޯވެފައިވަނީ ފޮނަދޫ ކޮޅުން ގަމާއިވީކޮޅަށް ދަތުރުކުރަމުންދިޔަ އެ ކާރުގައ...

11 Jul 2024 | 07:53

ލ. ގަމުގައި ކާރެއްގައި ރޯވެ ކާރަށް ބޮޑެތި ގެއްލުންތަކެއް ލިބިއްޖެއެވެ.

މީގެ ގަޑިއިރެއްހާއިރު ކުރިން ހިނގި އެ ހާދިސާގައި އަލިފާން ރޯވެފައިވަނީ ފޮނަދޫ ކޮޅުން ގަމާއިވީކޮޅަށް ދަތުރުކުރަމުންދިޔަ އެ ކާރުގައި ރޯވީ ކުރުހިންނެއާއި ހިސާބުންނެވެ.

އެ ސަރަހައްދުގައި ހުރި މީހަކު ދުވަހަށް މައުލޫމާތުދެމުން ބުނީ އެ ކާރުގެ ފަހަތުން ދިޔަ ކާރަކަށް އެ ކާރުން ޕެޓްރޯލު ފައިބާމަންޒަރު ފެނުމުން އެކަން އެ ކާރުގެ ސަމާލުކަމަށް ގެނައުމުން އެ ކާރުގައި ތިބި ދެމީހުން (އަންހެނަކާއި ފިރިހެނަކު) ކާރުން ފޭބިވަގުތު އަލިފާން ރޯވީ ކަމަށެވެ.

ކައްދޫގައި ގާއިމްވެތިބޭ އެމއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިއު ސާވިސްއިން އެ ސަރަހައްދަށްގޮސް މިހާރު ވަނީ ކާރުގައި ރޯވި އަލިފާން ނިވާލާފައެވެ. މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެވެ.

އަލިފާން ކޮންޓްރޯލްކޮށްފައިވާއިރު ދުވަހަށް ލިބިފައިވާ ފޮޓޯތަކަށް ބަލާއިރު، އެ ކާރަށް ބޮޑު ގެއްލުމެއް ލިބިފައިވާކަމަށް ފެނެއެވެ. މިކަމުގައި ކަމާބެހޭ އެއްވެސް އިދާރާއެއްގެ ބަހެއް އަދި ލިބިފައެއް ނުވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް