އުރީދޫ މޯލްޑިވްސްގެ ޑިޖިޓަލް ވޮލެޓް، އެމް-ފައިސާ، އެކި ހިދުމަތްތަކަށް ފައިސާ ދެއްކުމަށް ސަރުކާރުގެ ރަސްމީ ޕޯޓަލް ބަނޑޭރި ޕޭއިން ޕޭމަންޓް އޮޕްޝަނެއްގެ ގޮތުގައި ބޭނުންކުރަން މިވަނީ ފަށާފައެވެ.
މިއީ ފައިސާގެ މުއާމަލާތްތައް ޑިޖިޓައިޒްކޮށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ލުއިފަސޭހަކަން އިތުރުވެ ލިބިގެންދާ ވަރަށް ބޮޑު ކުރިއެރުމެއްކަމުގައި އުރީދޫއިން ދެކެއެވެ.
ބަނޑޭރި ޕޭއަށް އެމް-ފައިސާ ހިމެނުމާއެކު، ސަރުކާރުގެ ހިދުމަތްތަކަށް ބޭނުންވާ ފައިސާގެ މުއާމަލާތްތައް ކުރިއަށް ގެންދިއުމުގައި މެދުކެނޑުމެއް ނެތި، ރައްކާތެރި އަދި ހަރުދަނާ ގޮތްތަކެއް ކަސްޓަމަރުންނަށް ތަޖުރިބާ ކުރެވޭނެ އެވެ. ލައިސަންސަށް ފައިސާ ދެއްކިޔަސް، ހުއްދައަށް ވިޔަސް، ނުވަތަ ސަރުކާރާ ގުޅުންހުރި އެހެން ފީއަކަށް ވިޔަސް، އެމް-ފައިސާ މެދުވެރިކޮށް މޮބައިލް ޑިވައިސްއެއްގެ އެހީގައި އުނދަގުލެއް ނެތި ޑިޖިޓަލް ޕޭމަންޓް އެކްސްޕީރިއަންސެއް ކަށަވަރުކޮށްދޭ ޙިދުމަތެކެވެ.
އުރީދޫ މޯލްޑިވްސްގެ ސީއީއޯ ޚާލިދު އަލް ޚަމާދީ ވިދާޅުވީ އެމް-ފައިސާ ބަނޑޭރި ޕޭއަށް ގެނައުމަށް ސަރުކާރާ ގުޅިގެން މަސައްކަތް ކުރުމަކީ ވަރަށް ބޮޑު ފަޚުރެއް ކަމަށެވެ. މި އިންޓަގްރޭޝަނަކީ ކަސްޓަމަރުންގެ ދިރިއުޅުން ކުރިއެރުވުމަށް ޓެކްނޮލޮޖީގެ ބޭނުން ހިފުމަށް ކުރާ މަސައްކަތުގެ ހެއްކެކެވެ. އެމް-ފައިސާއާ އެކު، ޑިޖިޓަލް ޕޭމަންޓްތައް އިތުރަށް ފަސޭހަކޮށްދިނުމުގެ އިތުރުން ޑިޖިޓަލް މޯލްޑިވްސް އެއް ބިނާކުރުމަށް ކުރެވޭ މަސައްކަތް ފުޅާކުރަމުން މިގެންދަނީއުރީދޫގެ އީޖާދީ ޑިޖިޓަލް ވޮލެޓް، އެމް-ފައިސާ ފަރުމާކޮށްފައިވަނީ ކަސްޓަމަރުންގެ ބޭނުންތަކަށް ވިސްނައިގެން، ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދޭ ގިނަ ފީޗާތަކެއް ހިމަނައިގެންނެވެ.
މިގޮތުން އެމް-ފައިސާ މެދުވެރިކޮށް:
- އަވަސް އަދި ފަސޭހަ ޕޭމަންޓް: ފިޒިކަލް ކޭޝް ނުވަތަ ދިގު ޕްރޮސެސްތަކެއް ބޭނުން ނުކޮށް ސަރުކާރުގެ ހިދުމަތްތަކަށް ވަގުތުން ފައިސާ ދެއްކުން.
- ސެކިއުރިޓީ އިތުރުކުރުން: ކޮންމެ މުއާމަލާތެއް ވެސް ހިމާޔަތްކުރާ އެންމެ ޒަމާނީ ސަލާމަތީ ފިޔަވަޅުތަކާއެކު ނަފްސުގެ ހަމަޖެހުން ހޯދުން.
- ޔޫޒަރ ފްރެންޑްލީ އިންޓަރފޭސް: ފަސޭހަކަމާއެކު މުއާމަލާތްތައް ނެވިގޭޓްކޮށް ފުރިހަމަކޮށް، ޑިޖިޓަލް ޕޭމަންޓްތައް ކޮންމެ މީހަކަށްވެސް ލިބޭނެ އިންތިޒާމް ހަމަޖެއްސުން.
- 7/24 މެދުނުކެނޑޭ ޚިދުމަތް: އެމް-ފައިސާ ބޭނުންކުރުން ކޮންމެ ވަގުތަކު، ކޮންމެ ތަނެއްގައި ވެސް، މެދުކެނޑުމެއް ނެތި ހިދުމަތް ކަށަވަރުކުރުން
އުރީދޫ މޯލްޑިވްސްއިން މަސައްކަތް ކުރަމުން ދަނީ ޑިޖިޓަލް ހިދުމަތްތައް އީޖާދުކޮށް ފުޅާކުރުމަށެވެ. އަދި ރާއްޖޭގެ ޑިޖިޓަލް ލޭންޑްސްކޭޕްގައި އެންމެ އިސް ދައުރެއް އަދާކުރާ ފަރާތެއްގެ ހައިސިއްޔަތުން އުރީދޫ މޯލްޑިވްސްގެ ދައުރު އިތުރަށް ހަރުދަނާކުރަމުން އަންނައިރު ބަނޑޭރި ޕޭގައި އެމް-ފައިސާ ބޭނުންކުރެވެން ފެށުމުން، ޑިޖިޓަލް މޯލްޑިވްސް އެއް ބިނާކުރުމަށް އުރީދޫއިން ކުރަމުން މިދާ މަސައްކަތުގައި އިތުރު ކުރިއެރުމެއް ލިބިގެންދާނެކަމުގައި އުރީދޫއިން ގަބޫލުކުރެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް