ގަވާއިދާއި ޚިޔާފަށް ރާއްޖޭގައި ވިޔަފާރިތައް ކުރަމުން އަންނަ ބިދޭސީން އަތުލައިގަތުމަށް އިމިގްރޭޝަނުން ކުރިއަށްގެންދާ އޮޕަރޭޝަންގައި ރޭގައިވެސް ހަތަރު ބިދޭސީއަކު އަތުލައިގެންފިއެވެ.
އެގޮތުން އިމިގްރޭޝަނުން ރޭގައި ބުނެފައިވަނީ މާލެ ސަރަހައްދުގައި ބިދޭސީން ގަވާއިދާ ހިލާފަށް ވިޔަފާރިކުރަމުންދިޔަ ތިން ތަނެއް ބަލައި ފާސްކޮށް، ބިދޭސީ ފިރިހެނަކާއި ބިދޭސީ ތިން އަންހެނަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދެވުނު ކަމަށެވެ.
"މިފަދަ ވިޔަފާރިތައް ހިންގަމުންދާ ބިދޭސީންނަށް އިމިގްރޭޝަން ޤާނޫނުގެ ދަށުން ފިޔަވަޅު އަޅައި، މި ރެއިޑްތައް ހުއްޓުމެއްނެތި އަދިވެސް ކުރިއަށްދާނެ" އިމިގްރޭޝަނުން ބުނެފައިވެއެވެ.
މިދިޔަ ހުކުރު ދުވަހުގެ ރެއިން ފެށިގެން އިމިގްރޭޝަނުން ކުރިއަށްގެންދާ މި އޮޕަރޭޝަންތަކުގައި މިހާތަނަށް އަތުލައިގަތް ބިދޭސީންގެ އަދަދު މިހާރު މިވަނީ 32 އަށް އަރާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް