ސާބިތު ޚަރަދު ނުދައްކައިގެން މިއަހަރު ދެމީހަކު ގޭބަންދަށް، އެކަކު ޖަލަށް ލާފައިވާ ކަމަށް ފެމެލީ ކޯޓުން ބުނެފިއެވެ.
ސާބިތު ޚަރަދު ނުދީގެން2020 އަހަރު ދެ މައްސަލައެއް،2021 ވަނަ އަހަރު ދެ މައްސަލައެއް އަދި މިދިޔަ އަހަރު އެއް މައްސަލަ ހުށަހަޅާފައި ވާކަމަށް ފެމެލީ ކޯޓުގެ ހިސާބުތަކުން ދައްކައެވެ. މި އަހަރުގެ މިހާތަނަށް ހުށަހަޅާފައި ވަނީ އެއް މައްސަލައެކެވެ.
ސާބިތު ޚަރަދު ނުދައްކައިގެން2020 ވަނަ އަހަރު ހަ މީހުން ގޭބަންދު ކޮށްފައި ވެއެވެ. އަދި2021 ވަނަ އަހަރު10 މީހުން،2022 ވަނަ އަހަރު16 މީހުން ގޭބަންދު ކޮށްފައިވެއެވެ.
މި އަހަރުގެ މިހާތަނަށް ހުކުމް ކޮށްފައި ވަނީ ދެ މައްސަލައެކެވެ.
ސާބިތު ހަރަދު ދައްކަން ޖެހޭ ފަރާތުގެ މުސާރައިން އުނިކުރުމަށްފަހު ކޯޓަށް ޖަމާ ކުރުމަށް މި އަހަރުގެ މިހާތަނަށް ތިން މައްސަލައެއް ނިންމާފައިވެއެވެ.
އަދި220 ވަނަ އަހަރު އަށް މައްސަލަ،2021 ވަނަ އަހަރު14 މައްސަލަ އަދި މިދިޔަ އަހަރު19 މައްސަލަ ނިންމާފައި ވާކަމަށް ފެމެލީ ކޯޓުގެ ހިސާބުތަކުން ދައްކައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް