ދިވެހި އަންހެނުން ވިހާ މިންވަރު ވަރަށް ބޮޑަށް ދަށަށް ގޮސްފި ކަމަށް ބޯހިމެނުމުން ދައްކައިފިއެވެ.
މީގެ ކުރީގެ އަހަރުތަކަށް ބަލާއިރު،1990 ވަނަ އަހަރު އެވްރެޖްކޮށް ދިވެހި އަންހެނަކު ހޯދާ ނިސްބަތަކީ6.4 އެވެ. އަދި2000 ވަނަ އަހަރު މި ނިސްބަތް2.8 އަށް ވެއްޓިފައި ވާއިރު،2006 ވަނަ އަހަރު ވަނީ އަނެއްކާވެސް އެ އަދަދު2.2 އަށް ދަށް ވެފައެވެ.
އޭގެފަހުން2014 ވަނަ އަހަރު އެ ނިސްބަތް2.5 އަށް މަތިވި ނަމަވެސް މިދިޔަ އަހަރު ވަނީ1.7 އަށް ވެއްޓިފައެވެ.
އެހެންކަމުން ރާއްޖޭގެ ދަރިމައިވުމުގެ ނިސްބަތްވަނީ ބިލޯ ރިޕްލޭސްމަންޓް ލެވެލްއަށް ގޮސްފައެވެ.
މޯލްޑިވްސް ސްޓެޓަސްޓިކަލް ބިއުރޯއިން މީގެ ކުރިން ލަފާކޮށްފައި ވާ ގޮތުގައި2050 ވަނަ އަހަރާ ހަމައަށް ފޯރާއިރު ރާއްޖޭގައި އޮންނާނީ އުމުރުން ދުވަސްވީ މީހުންގެ ބޮޑު އާބާދީއެކެވެ.
މިދިޔަ އަހަރު ރާއްޖޭގައި ދިރިއުޅުނު ދިވެހިންގެ ލޭބަރފޯސް ޕާޓިސިޕޭޝަން ރޭޓަކީ64 އިންސައްތަ ކަމަށް ބޯހިމެނުމުން ދައްކައެވެ. އޭގެތެރޭގައި ހިމެނެީ ފިރިހެނުންގެ80 އިންސައްތަ އަާއި އަންހެނުންގެ49 އިންސައްތައެޗެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް