އިންސްޓަންޓް ޕޭމަންޓް ސިސްޓަމްގެ ބައިވެރިން އެގްރީމަންޓްގައި ސޮއިކޮށްފި

އެމްއެމްއޭ އިން ކުރިޔަށް ގެންދާ މޯލްޑިވްސް ޕޭމަންޓް ސިސްޓަމް ޑިވެލޮޕްމަންޓް ޕްރޮޖެކްޓް ގެ ދަށުން ޤާއިމްކުރާ އިންސްޓަންޓް ޕޭމަންޓް ސިސްޓަމް (އައިޕީއެސް) ގެ ފުރަތަމަ މަރުހަލާގައި ބައިވެރިވާ ބޭންކްތަކުން...

11 Jul 2023 | 13:52

އެމްއެމްއޭ އިން ކުރިޔަށް ގެންދާ މޯލްޑިވްސް ޕޭމަންޓް ސިސްޓަމް ޑިވެލޮޕްމަންޓް ޕްރޮޖެކްޓް ގެ ދަށުން ޤާއިމްކުރާ އިންސްޓަންޓް ޕޭމަންޓް ސިސްޓަމް (އައިޕީއެސް) ގެ ފުރަތަމަ މަރުހަލާގައި ބައިވެރިވާ ބޭންކްތަކުން 'ޕާޓިސިޕޭޝަން އެގްރީމަންޓް' ގައި ސޮއިކޮށްފިއެވެ.

އެމްއެމްއޭ އިން ބުނީ މި އެގްރީމެންޓްގައި ސޮއިކޮށްފައިވަނީ ތިން ބޭންކަކުން ކަމަށެވެ. އެއީ ބޭންކް އޮފް މޯލްޑިވްސް ޕަބްލިކް ލިމިޓެޑް، މޯލްޑިވްސް އިސްލާމިކް ބޭންކް ޕަބްލިކް ލިމިޓެޑް، އަދި ސްޓޭޓް ބޭންކް އޮފް އިންޑިޔާއެވެ.

މި އެގްރީމެންޓަ ކީ އެ ސިސްޓަމްގައި ބައިވެރިވުމުގެ ސަބަބުން ލިބިދޭ ހައްޤުތަކާއި އުފުލަންޖެހޭ އިލްތިޒާމްތަ ކަށް އެއްބަސްވެ، ބައިވެރިވާ ބޭންކުތަކާއި ސިސްޓަމްގެ އޮޕަރޭޓަރު ކަމަށްވާ އެމްއެމްއޭ އާއި ދެމެދު ސޮއިކުރެވުނު އެގްރީމެންޓެއް ކަމަށް އެމްއެމްއެ އިން ބުނެފައިވެއެވެ. އެގޮތުން 'ޕާޓިސިޕޭޝަން އެގްރީމަންޓް' ގައި ސޮއި ކުރި ބޭންކުތަކާ އެމްއެމްއޭ އިން ވަނީ ޔޫސާ އެކްސެޕްޓަންސް ޓެސްޓިންގ ގެ މަސައްކަތް ނިންމާފައި ކަމަށްވެސް އެމްއެމްއޭ އިން ބުންޏެވެ.

މީގެ އިތުރަށް، ކުރިޔަށް އޮތް ދެ ހަފްތާ ގެ ތެރޭގައި އައިޕީއެސްގެ ޕައިލަޓް ޓެސްޓިންގެ މަސައްކަތް ފެށުމަށް ހަމަޖެހިފައިވާއިރު، ޕައިލެޓް ޓެސްޓިން އަށް ފަހު މި ބޭންކްތަކާއިއެކު ވަރަށް އަވަސް މުސްތަޤްބަލެއްގައި، އައިޕީއެސްގެ ޚިދުމަތްތައް އާންމުންނަށް ތަޢާރަފްކުރުމަށްޓަކައި ވާންޖެހޭ އެންމެފަހުގެ ތައްޔާރީތައްވެސް މިހާރުދަނީ ވަމުން ކަމަށް އެމްއެމްއޭ އިން ހާމަކޮށްފައިވެއެވެ.

އެގްރީމެންޓްގައި 3 ބޭންކަކާއެކު ސޮއިކުރެވުނު ކަމުގައި ވީ ނަމަވެސް، ބޭންކްތަކުން ތައްޔާރުވަމުންދާ މިންވަރަށް ބަލާ، އިތުރު ބޭންކުތައް ވެސް ސިސްޓަމްގައި ބައިވެރިކުރުމުގެ މަސައްކަތްތައް ދަނީ ކުރެވެމުން ކަމަށް އެމްއެމްއެ އިން ފާހަގަކުރައްވާފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް