ކުޅުދުއްފުށި ސިޓީއިން ފުރައިގެން މާލެ ދަތުރުކުރަމުންދަނިކޮށް ހާލުގައި ޖެހުނު މުދާ އުފުލާ ދޯންޏަކަށް ކޯސްޓްގާޑުން އެހީތެރިކަން ފޯރުކޮށްދީފިއެވެ.
އެގޮތުން އެހީތެރިކަން ފޯރުކޮށްދީފައިވަނީ "އަޅިވިލާ" ނަމަކަށްކިޔާ 95 ފޫޓުގެ ދޯންޏަކަށެވެ. ޅ. ކުރެންދުއާއި ހަމައިން ދޯނި ދިޔަވަމުންދާކަމުގެ މައުލޫމާތު ލިބުނީ ހެނދުނު 11:52 ހާއިރު ކަމަށް އެމްއެންޑީއެފުން ބުނެފައިވެއެވެ.
ހަތަރު މީހުންނާއެކު ދަތުރުކުރަމުންދިޔަ އެ ދޯންޏަށް ދިޔަވާން ފެށުމުން އެ ދޯނި ކުރެންދޫ ބަނދަރަށް މިހާރު ވައްދާފައިވާކަމަށާއި ދިޔަވާތަން ބެއްދުމުގައި ސިފައިންގެ ޑައިވަރުން މިހާރު ހަރަކާތްތެރިވަމުން އަންނަ ކަމުގައިވެސް އެމްއެންޑީއެފުން ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް