ޕްރޮގްރެސިވް ކޮންގްރެސް ކޯލީޝަނުން ގާސިމް އިބްރާހިމް އާއި ބައްދަލުކޮށްފިއެވެ.
މިކަން ހާމަކޮށް ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެފައިވަނީ ޖޭޕީގެ ލީޑަރު، ގާސިމް އިބްރާހިމް އާއި މިއަދު މުހިންމު ބައްދަލުވުމެއް ބޭއްވިފައިވާކަމަށާއި އެ ބައްދަލުވުން ބޭއްވުނީ ގައުމުގައި ހުރި ބޮޑެތި މައްސަލަތަކާއި ގުޅޭގޮތުން ޕީޕީއެމްގެ ރައީސް، ރައީސް ޔާމީންގެ ލަފާފުޅާ އިރުޝާދުގެ މަތިން ކަމަށެވެ.
ޕްރޮގްރެސިވް ކޮންގްރެސް ކޯލީޝަނުން ގާސިމް އާއި ބައްދަލުކުރައްވާފައިވާއިރު ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެ ކޯލީޝަންގެ ކެނޑިޑޭޓް ކަމުގައިވާ ރައީސް ޔާމީނަށް ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ކުރިމަތިލެވިދާނެ ކަމާއިމެދު އަނެއްކާވެސް މިއަދު މިވަނީ ސުވާލު އުފެދިފައެވެ.
https://twitter.com/Banafsaa/status/1678697831853617152
އެގޮތުން އިސްތިއުނާފު މަރުހަލާގައި ހައި ކޯޓުގައި އޮތް މައްސަލަ، އެ ކޯޓުގެ ފަނޑިޔާރުންތަކެއްގެ ޗުއްޓީއާއި ގުޅިގެން ވަނީ މަޑުޖެހިފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް