އަދީބު ފުރަން ހުއްދަ ދިނީ ރާއްޖެއިން ނެހެދޭ ޓެސްޓުތަކެއް ހެދުމަށް: ކަރެކްޝަންސް

މަނީ ލޯންޑްރިންގެ ކުށުގައި ހުކުމްތަންފީޛް ކުރަމުންދާ ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބް ޢަބްދުލް ޣަފޫރު، ރާއްޖެއިން ބޭރަށް ދިއުމަށް ހުއްދަ ދިނީ ރާއްޖޭގައި ހެދެން ނެތް ޓެސްޓްތަކެއް ހެދުމަށް، މެޑިކަލް...

11 Jul 2023 | 08:11

މަނީ ލޯންޑްރިންގެ ކުށުގައި ހުކުމްތަންފީޛް ކުރަމުންދާ ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބް ޢަބްދުލް ޣަފޫރު، ރާއްޖެއިން ބޭރަށް ދިއުމަށް ހުއްދަ ދިނީ ރާއްޖޭގައި ހެދެން ނެތް ޓެސްޓްތަކެއް ހެދުމަށް، މެޑިކަލް ބޯޑުގެ ލަފައާއެކު ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން ބުނެފިއެވެ.

ކަރެކްޝަންސްއިން ބުނީ، އަދީބު ރާއްޖެއިން ބޭރުގައި ހުންނަ މުއްދަތުގައި އެސަރވިސް އާއި ދިވެހި ފުލުހުންގެ ޚިދުމަތް ގުޅިގެން އަދީބު މޮނިޓަރ ކުރަމުން ގެންދާނެ ކަމަށެވެ.

ބޭސްފަރުވާއަށް އަދީބު ދަނީ ސިންގަޕޫރަށެވެ.

ހާލު ދެރަވެގެން މިފަހުން އަދީބުއަށް އައިޖީއެމް ހޮސްޕިޓަލުގައި ވަނީ ފަރުވާ ދީފައެވެ. ނަމަވެސް އާދީއްތަ ދުވަހު އޭނާ ވަނީ ހޮސްޕިޓަލުން ދޫކޮށްލާފައެވެ.

އަދީބުގެ މައްޗަށް ކޮށްފައިވާ ތިން ހުކުންވެސް ބާތިލު ކޮށްފައިވީނަމަވެސް އަދީބު އަދި ހުންނެވީ ގޭބަންދުގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް