މާފުށީ ބަނދަރުގައި ގާ އަތުރަން ފަށައިފި

ކ. މާފުށީ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން އެއްގަމުތޮށިލުމަށް ބޭނުންވާ ކޮންކްރީޓް ގާާ އެތުރުމުގެ މަސައްކަތް ފަށައިފި ކަމަށް އެމްޓިސީސީ އިން ބުނެފިއެވެ. މި މަސައްކަތް ފަށާފައި ވަނީ މިދިޔަ އާ...

11 Jul 2023 | 07:12

ކ. މާފުށީ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން އެއްގަމުތޮށިލުމަށް ބޭނުންވާ ކޮންކްރީޓް ގާާ އެތުރުމުގެ މަސައްކަތް ފަށައިފި ކަމަށް އެމްޓިސީސީ އިން ބުނެފިއެވެ.

މި މަސައްކަތް ފަށާފައި ވަނީ މިދިޔަ އާދީއްތަ ދުވަހުގައެވެ.

މި މަޝްރޫޢުގެ ދަށުން، 63,711 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ އައު ހާބަރ ބޭސިން އާއި 28,836 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ފުންކޮށްފައިވާ ފަޅު އަލުން ފުންކުރާނެ ކަމަށް އެމްޓީސީސީ އިން ބުނެފައިވެއެވެ. އަދި 4,414 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ނެރު ފުންކުރުމާއި، 31 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 680 މީޓަރުގެ ސަރަޙައްދެއްގައި ބޮޑުހިލައިގެ ރިވެޓްމެންޓް ޖެހުމާއި، 700 މީޓަރުގެ ސަރަޙއްދެއްގައި ޖިއޯބޭގް ރިވެޓްމެންޓް ޖެހުން ފަދަ މަސައްކަތްތަށް ވެސް ކުރިއަށް ދާނެ ކަމަށް އެމްޓީސީސީ އިން ބުނެއެވެ.

މީގެ އިތުރަށް، އެމްޓީސީސީ އިން ބުނީ މި މަޝްރޫއުގައި 37 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި، 160 މީޓަރު ދިގު 2 މީޓަރު ފުޅާ ކޮންކްރީޓް ޖެޓީއެއް ހެދުމާއި، 19 މީޓަރު ދިގު 3 މީޓަރު ފުޅާ ބްރިޖެއް ހެދުމުގެ އިތުރަށް 1,869 އަކަ މީޓަރުގެ ސަރަޙައްދެއްގައި ހާބަރ ޕޭވްމަންޓް ހެދުމާއި، ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތްވެސް ހިމެނޭ ކަމަށެވެ.

އެމްޓީސީސީ އިން ހާމަކޮށްފައިވާ ގޮތުގައި މާފުށި ބަނދަރު ތަރައްޤީ ކުރުމުގެ މި މަޝްރޫޢަކީ 76.48 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް