ކުރީގެ ނައިބުރައީސް އަހުމަދު އަދީބުގެ ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދާން ހުއްދަ ދިނުމަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން ނިންމައިފިއެވެ.
ބޭސްފަރުވާއަށް އަދީބު ދަނީ ސިންގަޕޫރަށެވެ.
މިކަމާ ގުޅިގެން ކަރެކްޝަންސްއިން މައުލޫމާތު ދީފައި ނުވާއިރު، އޭނާ ބޭރަށް ދަނީ، އޭނާގެ މެޑިކަލް ލިޔުންތައް ބެލުމަށްފަހު، މެޑިކަލް ބޯޑުން އެކަމަށް ލަފާ ދިނުމާ ގުޅިގެންނެވެ.
ހާލު ދެރަވެގެން މިފަހުން އަދީބުއަށް އައިޖީއެމް ހޮސްޕިޓަލުގައި ވަނީ ފަރުވާ ދީފައެވެ. ނަމަވެސް އާދީއްތަ ދުވަހު އޭނާ ވަނީ ހޮސްޕިޓަލުން ދޫކޮށްލާފައެވެ.
އަދީބުގެ މައްޗަށް ކޮށްފައިވާ ތިން ހުކުންވެސް ބާތިލު ކޮށްފައިވީނަމަވެސް އަދީބު އަދި ހުންނެވީ ގޭބަންދުގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް