ކުރީގެ ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު މިއަދު ރާއްޖެ އަންނަން ފުރައިފިއެވެ.
އޭނާ ރާއްޖެ ދޫކޮށް ދިޔައީ ވަނީ 2021 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ކުރީކޮޅުގައެވެ. އަލީ ގޮސްފައިވަނީ ލަންޑަނަށެވެ.
އަލީ ވަހީދު މިިނިސްޓަރުކަމުން ވަކިކުރީ އަންހެން މުވައްޒަފުންތަކަކަށް ޖިންސީ ފުރައްސާރަ އާއި ޖިންސީ ގޯނާ ވެސް ކުރި މައްސަލައެއްގައެވެ.
އަލީ ބޭރަށް ފުރީ، ޝަރީއަތުގެ ސިއްރު އަޑުއެހުމުގައި އޭނާގެ ޕާސްޕޯޓް ހިފަހައްޓަން ކުރި އަމުރު ބާތިލް ކުރުމުންނެވެ. އެ އަމުރު ބާތިލްކޮށް ވަނީ ޝަރީއަތުގެ މަޖިލީހަށް އަލީ ވަހީދުގެ ޑޮކަޓަރަކު ހާޒިރުކޮށް، އެ ޑޮކްޓަރު އަލީ ވަހީދުގެ މައިބަދައިގެ ޑިސްކްތަކެއް ގުޑާފައިވާކަމަށް ބުނުމާއި ގުޅިގެންނެވެ.
އަލީ ވަހީދު ފުރިކަން އެނގިގުނީ އޭނާ ފުރައިގެން ދިޔަ ފަހުންނެވެ. ފުރީ ކީއްވެކަމާ ފުރުން މަނާކޮށްފައި އޮތް އޮތުން ބާތިލުކޮށް ޕާސްޕޯޓުވެސް ދޫކުރީ ކީއްވެކަން އެނގިގެންދިޔައީ އަދި މާ ފަހުންނެވެ. ސަރުކާރަށްވެސް މިކަން އެނގުނު ކަމަށްވީ ހަބަރުން ފެނިގެން ކަމަށްވެއެވެ.
އަލީ ވަހީދު މިނިސްޓަރު ކަމުގައި ހުރި އިރު، ޓޫރިޒަމް މިނިސްޓްރީގެ ބައެއް އަންހެން މުވައްޒަފުންނަށް ޖިންސީ ގޯނާ ކޮށްފައިވާ ކަމަށް އެ މުވައްޒަފުން ބުނެއެވެ. އެގޮތުން އެ މުވައްޒަފުން ވަނީ އަލީ ވަހީދުގެ ޝަކުވާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ހުށަހަޅާފައެވެ.
މި ޝަކުވާތައް ރައީސް ސޯލިހަށް ހުށަހެޅުމާއެކު، ޓޫރިޒަމް މިނިސްޓަރު ކަމުގެ މަގާމުން އަލީ ވަހީދު އިސްތިއުފާ ދިނުމަށް އެންގެވިއެވެ. ނަމަވެސް ރައީސް ސޯލިހްގެ އެންގެވުމަށް އިޖާބަ ދެއްވާފައި ނުވާތީ، ރައީސް ސޯލިހް އޭނާ މަގާމުން ވަކިކުރެއްވީއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް