ކުރީގެ ރައީސް މުޙައްމަދު ނަޝީދު 'ދަ ޑިމޮކްރެޓްސް' ސޮއިކުރެއްވުމަށް ހާއްސަ ޖަލްސާއެއް އަންނަ ބުރާސްފަތި ދުވަހު ބޭއްވުމަށް ނިންމައިފި އެވެ.
ޑިމޮކްރެޓުން ރޭ ބުނެފައިވާ ގޮތުގައި މިޖަލްސާ އޮންނާނީ އަންނަ ބުރާސްފަތި ދުވަހުގެ ރޭ 8:30 ގައި އާޓިފިޝަލް ބީޗު ގައެވެ. އަދި މި ޖަލްސާގައި ދަ ޑިމޮކްރެޓްސްއަށް ސޮއިކުރަން ބޭނުންވާ މީހުންނަށް އެ ފުރުސަތު އޮންނާނެ ކަމަށްވެސް ޑިމޮކްރެޓްސްއިން ބުންޏެވެ.
https://twitter.com/TheDemocratsMV/status/1678473035224076288
ދަ ޑިމޮކްރެޓްސް އުފެއްދުމުގެ ގޮތުން ބާއްވަން ޖެހޭ ޖަލްސާ މިމަހުގެ ފަސްވަނަ ދުވަހުގެ ރޭ ބޭއްވިއިރު އެ ޖަލްސާގެ ޝަރަފް މެހްމާނަކީ ވެސް ރައީސް ނަޝީދު އެވެ. އެ ޖަލްސާގައި އެމަނިކުފާނު ވަނީ ޑިމޮކްރެޓުންނާ ގުޅިވަޑައިގަންނަވާނެ ކަމަށް އިއުލާންކުރައްވާފަ އެވެ.
އަދި ރޭ ޑިމޮކްރެޓްސްއިން ބޭއްވި މަޝްވަރާ ބައްދަލުވުން ލީޑް ކުރެއްވީ ރައީސް ނަޝީދެވެ. އެހެން ނަމަވެސް މިހާ ހިސާބަށް ރައީސް ނަޝީދު އަދި އެ ޕާޓީއާއި ގުޅިވަޑައިގެންފައެއް ނުވެއެވެ.
ޑިމޮކްރެޓްސް އުފެއްދުމުގެ ޖަލްސާގައި ރައީސް ނަޝީދު ބައިވެރިވެވަޑައިގެންނެވިއިރު، އެ ޖަލްސާގައި ވަނީ އެ ޕާޓީގެ ވަގުތީ ޗެއާޕާސަނަކަށް އެޕާޓީގެ މުއައްސިސު، ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފު އިންތިޚާބުކޮށްފައެވެ.
ޑިމޮކްރެޓްސް އިން ވަނީ އަންނަ ރިޔާސީ އިންތިޚާބުގައި ކެންޑިޑޭޓަކު ނެރޭނެކަން އިޢުލާނު ކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް