މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ ކީލިއަން އެމްބާޕޭއާ ވައްތަރު ދިވެހި އަންހެން ކުއްޖަކަށް ގިނަ ބައެއްގެ ސަމާލުކަން ހުއްޓިއްޖެއެވެ.
ކ. ތުލުސްދޫގައި މިހާރު ކުރިއަށްދާ ފުޓްސަލް މުބާރާތުގެ ފަތްމިނި ޑިވިޝަންގައި ހިންމަފުށި ވިމެންސް ޓީމުގައި ކުޅޭ ޖަރޒީ ނަންބަރު15، އައިޝަތު ވިޝާޔާ އިލްހާމް މީހިންގެ ލޮލުގައި އަޅައިގަތީ 'ސިޑިބަރި' އިން އާއްމުކުރި ފޮޓޯއަކުންނެވެ. ހޭންޑްބޯލް ކުޅުމަށްވެސް މޮޅު ވިޝާޔާގެ ފޮޓޯއެއް ސިޑިބަރިން އާއްމު ކުރި އިރު، އެމްބާޕޭއާ ވައްތަރު ކަމަށް ބުނެފައިވެއެވެ.
https://twitter.com/sidibarimv/status/1677593102339678208
އެހާހިސާބުން ވިޝާޔާ ދަންނަ މީހުންނާއި ނުދަންނަ މީހުންގެސް އެ ޕޯސްޓް ޝެއާ ކުރަންފެށިއެވެ. އޭނާގެ ގާތް މީހުން އެ ޕޯސްޓްގައި އޭނާ ޓެގްކޮށް ސަޕޯޓު ދީފައި ވާއިރު، އެކަމަށް އޭނާ ވަނީ އުފަލާއެކު ޝުކުރު އަދާކޮށްފައެވެ. އަދި ބައެއް މީހުން މަޖަލަކަށް ނުވަތަ ޖޯކަކަށް ޕޯސްޓް ޝެއަރކޮށް، ބުލީކޮށްފައިވެސް ހުއްޓެވެ.
ބައެއް މީހުން ވަނީ ކޮމެންޓްގައި އެމްބާޕޭ ޓެގްވެސް ކޮށްފައެވެ. ބެލެވޭ ގޮތުގައި އޭނާއާ ވައްތަރު ކުއްޖަކު ފެނުމުން އެކަން އޭނާގެ ސަމާލުކަމަށް ގެނަނަން ބޭނުންވީއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް