ދުވާލަކު އެއް ހެކްޓަރުގެ ބިން ހިއްކުމުގެ ގާބިލުކަން ލިބިފައިވާ ޑްރެޖަރެއް އެމްޓީސީސީއިން ކުއްޔަށް ހިފައި، ރާއްޖެ ގެނެސްފިއެވެ.
މިހާރު ނޫހުގައި ރިޕޯޓްކޮށްފައިވާގޮތުގައި "ފިލީޕޯ ބްރޫނެލޭސީ" ނަމަކަށްކިޔާ އެ ޑްރެޖަރަކީ ބެލްޖިއަމްގެ ކުންފުންޏެއްގެ އުޅަނދެކެވެ. އެ އުޅަނދު މިވަގުތު އޮތީ އުލިގަމު ބަނދަރުގައި ކަމުގައި މިހާރުން ރިޕޯޓްކޮށްފައިވެއެވެ.
އެމްޓީސީސީއާއި ހަވާލާދީ ރިޕޯޓްކޮށްފައިވާގޮތުގައި މި އުޅަނދަށް ކްލިއަރަންސް ލިބުމުން އެންމެ ފުރަތަމަ އެ އުޅަނދު ބޭނުންކޮށްގެން މަސައްކަތް ފަށާނީ ހއ. އިހަވަންދޫގައެވެ.
"ދިގުމިނުގައި 142.5 މީޓަރު (467 ފޫޓް) އަދި ފުޅާ މިނުގައި 27.55 މީޓަރި (90 ފޫޓު) ހުންނަ މި އުޅަނދަކީ 11،300 ކިއުބިކް މީޓަރުގެ ހޮޕަ ކެޕޭސިޓީ ލިބިފައިވާ އެއްޗެކެވެ." މިހާރުގައި ރިޕޯޓްކޮށްފައިވެއެވެ.
އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމްއާއި ހަވާލާދީ ރިޕޯޓްކޮށްފައިވާގޮތގުގައި މިއީ މިހާރު އެ ކުންފުނިން ބޭނުން ކުރަމުން އަންނަ މަހާ ޖައްރާފާއިން ހަތަރު ދުވަހުން ހިއްކޭ ތަނެއް އެއް ދުވަހުން ހިއްކޭވަރުގެ އުޅަނދެކެވެ.
މި ޑްރެޖަރުން އިހަވަންދޫގެ އިތުރުން ށ. ކޮމަންޑޫ، އއ. ބޮޑުފުޅަދޫ، ރ. އުނގޫފާރު، މ. ދިއްގަރު، ފ. ފީއަލީ، ކ. ދިއްފުށި އަދި ކ. ގުޅި ހިމެނެއެވެ. މި އަހަރުގެ އޮކްޓޯބަރު މަސް ނިމުމުގެ ކުރިން އެ ހުރިހާ ރަށެއް ހިއްކާ ނިންމޭނެ ކަމަށްވެސް އާޒިމް އާއި ހަވާލާދީ ރިޕޯޓްކޮށްފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް