މޫސުމީ ވިއްސާރައިގާ ޕާކިސްތާނުން މަރުވި މީހުންގެ އަދަދު 80 އިން މައްޗަށް

މިދިޔަ މަހުގެ 25 އިން ފެށިގެން، މޫސުމީ ވިއްސާރައިގާ ޕާކިސްތާނުގައި މަރުވި މީހުންގެ އަދަދު 86 އަށް އަދި ޒަހަމްވި މީހުންގެ އަދަދު 151 އަށް އަރާފައިވާކަމުގައި އެ ގައުމުން ބުނެފިއެވެ. އެގޮތުން އެ ގައުމުގެ...

11 Jul 2023 | 03:36

މިދިޔަ މަހުގެ 25 އިން ފެށިގެން، މޫސުމީ ވިއްސާރައިގާ ޕާކިސްތާނުގައި މަރުވި މީހުންގެ އަދަދު 86 އަށް އަދި ޒަހަމްވި މީހުންގެ އަދަދު 151 އަށް އަރާފައިވާކަމުގައި އެ ގައުމުން ބުނެފިއެވެ.

އެގޮތުން އެ ގައުމުގެ ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފައިވާގޮތުގައި ފާއިތުވި ސައުވީސް ގަޑިއިރުގެ ތެރޭގައިވެސްހަ މީހަކު މަރުވެ ނުވަ މީހަކު ޒަހަމްވެފައިވެއެވެ.

86 މީހަކު މަރުވެފައިވާއިރު އޭގެތެރޭގައި 16 އަންހެނުންނާއި 37 ކުޑަކުދިން ހިމެނޭކަމަށްވެސް ބުނެފައިވެއެވެ.

އިތުރު ބައެއް ނަމްބަރުތަކަށް ބަލާލާއިރު ބޯކޮށް ވާރޭވެހުމުގެ ސަބަބުން 97 ގެއެއް ބޭނުން ނުކުރެވޭވަރަށް ހަލާކުވެފައިވެއެވެ.

ބައެއް ސަރަހައްދުތަކަށް ވަކިން ބަލާލާއިރު އެންމެ ގިނަ މީހުން މަރުވެފައިވަނީ ޕަންޖާބުންނެވެ. އެގޮތުން ޕަންޖާބުން އެކަނި 52 މީހަކު މަރުވެފައިވެއެވެ.

ޕާކިސްތާނުގައި ބޯކޮށް ވާރޭވެހި ފެންބޮޑުވުމާއި ގެތައް ވެއްޓުމާއި ބައެއް ސަރަހައްދުތަކުގައި ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާތައް އަންނަނީ ހިނގަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް