ޖެކް މާ ގެ އޭންޓް ގްރޫޕްގެ މައްޗަށް ބިލިޔަން ޑޮލަރުގެ ޖޫރިމަނާއެއް

ޗައިނާގެ މަހުޖަނު ޖެކް މާ ގެ އޭންޓް ގްރޫޕްގެ އެކި ކުންފުނިތައް ހިމެނޭހެން އެއް ބިލިޔަނަށްވުރެ ގިނަ ޑޮލަރުގެ ޖޫރިމަނާއެއް ޗައިނާ ސަރުކާރުން ކޮށްފިއެވެ. މި ޖޫރިމަނާކޮށްފައިވަނީ އެ ގައުމުގެ ކޯޕަރޭޓް ގަވަ...

11 Jul 2023 | 01:35

ޗައިނާގެ މަހުޖަނު ޖެކް މާ ގެ އޭންޓް ގްރޫޕްގެ އެކި ކުންފުނިތައް ހިމެނޭހެން އެއް ބިލިޔަނަށްވުރެ ގިނަ ޑޮލަރުގެ ޖޫރިމަނާއެއް ޗައިނާ ސަރުކާރުން ކޮށްފިއެވެ.

މި ޖޫރިމަނާކޮށްފައިވަނީ އެ ގައުމުގެ ކޯޕަރޭޓް ގަވަރނަންސް ގާނޫނު ރައްކާތެރިކުރުމުގެ ގޮތުން ކަމަށް ޗައިނާގެ ކަމާބެހޭ އިދާރާތަކުން ބުނެފައިވެއެވެ.

ޖޫރިމަނާ ފައިސާ އެއްވެސް ފަސްކުރުމެއްމެތި ދައްކާނެ ކަމަށް ޖެކް މާ ގެ އޭންޓް ކުންފުނިން ބުނެފައިވާއިރު މި ޖޫރިމަނާއަކީ ޖެކް މާ ގެ އޭންޓް ކުންފުނި އެ ގައުމުގެ ސަރުކާރުގެ މާލިއްޔަތަށް ވުރެ ވަރުގަދަވެދާނެތީ ކުރަމުން އަންނަ ސިލްސިލާ ޖޫރިމަނާތަކުގެ ތެރެއިން ޖޫރިމަނާއެއްގެ ގޮތުގައި ބައިނަލްއަގްވާމީ މީޑިއާ އިން ސިފަކޮށްފައިވެއެވެ.

އެގޮތުން ޖެކް މާ ގެ އޭންޓް ކުންފުނީގެ ދަށުން ހިންގަމުން އަންނަ އެކި ކުންފުނިތަކުން ކްރައުޑް ފަންޑިން ޕްރޮގްރާމްތައް ހިންގުމާއި ލޯނު ދޫކުރުމާއި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ފަންޑު ކުރުންފަދަ ކަންކަން ހިމެނޭއިރު މި ކަންކަމަކީ ސަރުކާރަށް ގޮންޖެހުމަކަށް ވާ ކަންކަން ކަމުގައި ސިފަ ކުރެއެވެ.

އެހެންކަމުން 2020 ވަނަ އަހަރުން ފެށިގެން ސިލްސިލާގޮތެއްގައި ޖެކް މާ ގެ ކުންފުނިތައް އެކި ފަހަރު ބޮޑެތި އެކި އަދަދުތަކުން އަންނަނީ ޖޫރިމަނާ ކުރަމުންނެވެ. އެގޮތުން 2020 ވަނަ އަހަރު އެކަނިވެސް 2.8 ބިލިޔަން ޑޮލަރުންވެސް ޖޫރިމަނާ ކުރިއެވެ.

ޖެކް މާ ގެ ކުންފުނިތައް މި މޭރުމުން ޖޫރިމަނާ ކުރަމުން އަންނާތީ ބައިނަލްއަގްވާމީ ކަމާބެހޭ އިދާރާތަކުންވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެ ކަންބޮޑުވުންތަކާއި ގުޅިގެން ޗައިނާއިން ބުނެފައިވަނީ އެ ގައުމުގެ ވިޔަފާރިތަކާއި ދެކޮޅަށް ކުރިއަށްގެންދާ މިފަދަ އިންސްޕެކްޝަންތައް ލުއިކޮށްލަން ނިންމާފައިވާކަމަށެވެ. އެގޮތުން މިފަހަރު މި އެޅި ފިޔަވަޅަކީ ހަރުކަށިކޮށް އެޅި ފަހު ފިޔަވަޅަށް ވުމުގެ ފުރުސަތު އޮންނާނެކަމުގައި ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް