މެއި ދެ ވަނަ ދުވަހުގެ މާރާމާރީ އާ ގުޅިގެން ފުލުހުން ހޯދަމުންދިޔަ މީހަކު ހައްޔަރުކޮށްފި

މެއި ދެ ވަނަ ދުވަހުގެ މާރާމާރީ އާ ގުޅިގެން ފުލުހުން ހޯދަމުންދިޔަ މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުން ބުނީ ޖަނަވަރީ މަގާއި މަޖީދީ މަގު ގުޅޭ ހިސާބުގައި މިދިޔަ މެއި މަހުގެ ދެ ވަނަ ދުވަހުގެ ހެނދުނު ހިންގި...

11 Jul 2022 | 17:44

މެއި ދެ ވަނަ ދުވަހުގެ މާރާމާރީ އާ ގުޅިގެން ފުލުހުން ހޯދަމުންދިޔަ މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ ޖަނަވަރީ މަގާއި މަޖީދީ މަގު ގުޅޭ ހިސާބުގައި މިދިޔަ މެއި މަހުގެ ދެ ވަނަ ދުވަހުގެ ހެނދުނު ހިންގި މާރާމާރީއާ ގުޅިގެން ހޯދަމުންދިޔަ ސ. ހުޅުދޫ/ ނާދީ، މުނާދު ޖައުފަރު (20އ) މިހާރު ހައްޔަރުކޮށްފައިވާ ކަމަށެވެ.

އެދުވަހުގެ މާރާމާރީ އާ ގުޅިގެން އެންމެ ފަހުން ފުލުހުން ހޯދަން އިއުލާން ކޮށްފައިވަނީ ކ. މާލެ/ ދަފްތަރު ނަންބަރު ރސ2260، މައުސޫމް މުހައްމަދު ދީދީ (27އ) އާއި ގއ. މާމެންދޫ/ ގްލޭނޫރަންމާގެ، އަހްމަދު ރަބީއު (24އ) އާއި ސ. ހުޅުދޫ/ ނާދީ، މުނާދު ޖައުފަރު (20އ) އަދި ސ. މަރަދޫ/ ކޮރަލް، އަހްމަދު ސާތިއު (21އ) އެވެ.

މިއަހަރުގެ ފިތުރު އީދު ދުވަހު ހެނދުނު ޖަނަވަރީ މަގާއި މަޖީދީ މަގު ގުޅޭ ހިސާބުގައި ހިންގި މާރާމާރީއާ ގުޅިގެން މީގެ ކުރިން ހަތް މީހަކު ވަނީ ހައްޔަރުކޮށްފައެވެ.

އެއީ ތ. ތިމަރަފުށި/ ސީނުގެ، އަޙްމަދު ޝިމްހާޒު (22އ) އާއި ކ. މާލެ/ މ. ލޮނުމިދިލިގެ، ލޫޠު އަޙްމަދު އާސިފް (18އ) އާއި ގދ. ވާދޫ/ އުނިމާގެ، ޙަސަން ޒިޔާން އިބްރާހިމް (18އ) ގއ. ގެމަނަފުށި/ ކެނެރީގެ، އަޙްމަދު ނާޒިހު (27އ) ކ. މާލެ/ ދަފްތަރު ނަންބަރު ރސ. 2260، މައުސޫމް މުހައްމަދު ދީދީ (27އ) އާއި ސ. މަރަދޫ/ ކޮރަލް އަހްމަދު ސާތިއު (21އ)ގެ އިތުރުން 15 އަހަރުގެ ކުޑަ ކުއްޖެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް