ސަލްމާން ރަސްގެފާނުގެ ހަދިޔާގެ ގޮތުގައި ހައްޖުވެރިންނަށް އެއް މިލިޔަން މުޞްހަފް

މި އަހަރު ހައްޖުގެ އަޅުކަން އަދާކުރި އެންމެހާ މުސްލިމުންނަށް މުޞްހަފް ހަދިޔާ ކުރެއްވުމަށް ސައޫދީ ރަސްގެފާނު، ކިންގް ސަލްމާން ނިންމަވައި އެކަން އިއުލާނުކުރައްވައިފިއެވެ. ސައުދީ އަރަބިއްޔާގެ ކަމާބެހޭ ފަ...

11 Jul 2022 | 15:48

މި އަހަރު ހައްޖުގެ އަޅުކަން އަދާކުރި އެންމެހާ މުސްލިމުންނަށް މުޞްހަފް ހަދިޔާ ކުރެއްވުމަށް ސައޫދީ ރަސްގެފާނު، ކިންގް ސަލްމާން ނިންމަވައި އެކަން އިއުލާނުކުރައްވައިފިއެވެ.

ސައުދީ އަރަބިއްޔާގެ ކަމާބެހޭ ފަރާތްތަކުން މިއަދު އިއުލާނުކޮށްފައިވާގޮތުގައި ހައްޖުގެ އަޅުކަން އަދާކުރުމަށްފަހު ގައުމަށް އެނބުރި ދާއިރު ކޮންމެ ހައްޖުވެރިއަކަށް މުޝްހަފެއް ހަދިޔާގެ ގޮތުގައި ލިބިގެންދާނެ ކަމަށެވެ.

މި މުޞްހަފް ތަކަކީ މަދީނާގެ ކިންގް ފަހްދު ޤުރްއާން ޕްރިންޓިންގް ކޮމްޕްލެކްސްއިން ޕްރިންޓްކޮށްފައިވާ މުޞްހަފް ތަކެއް ކަމުގައި ބުނެފައިވެއެވެެ. ހަދިޔާގެ ގޮތުގައި ދޭ މުޞްހަފްތަކުގެ ތެރޭގައި 76 ބަހަށް ތަރުޖަމާކޮށްފައިވާ މުޞްހަފް ހިމެނޭކަމުގައި ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް