ރޮނާލްޑޯ އެއްވެސް ކުލަބަކަށް ނުވިއްކާނަން، އެއީ އަހަރެމެންގެ ޕްލޭނުގައި ހިމެނޭ މުހިންމު ކުޅުންތެރިއެއް - އެރިކް ޓެން ހާގު

ކްރިސްޓިއާނޯ ރޮނާލްޑޯ އަކީ ވިއްކާ ކުޅުންތެރިއެއް ނޫން ކަމަށާއި އަދި ރޮނާލްޑޯ އަކީ މެންޗެސްޓަރ ޔުނައިޓެޑުގެ ޕްލޭނުގައި ހިމެނޭ މުހިންމު ކުޅުންތެރިއެއް ކަމަށް ޔުނައިޓެޑު އައު ކޯޗު އެރިކް ޓެން ހާގު ބުނެފި...

11 Jul 2022 | 15:02

ކްރިސްޓިއާނޯ ރޮނާލްޑޯ އަކީ ވިއްކާ ކުޅުންތެރިއެއް ނޫން ކަމަށާއި އަދި ރޮނާލްޑޯ އަކީ މެންޗެސްޓަރ ޔުނައިޓެޑުގެ ޕްލޭނުގައި ހިމެނޭ މުހިންމު ކުޅުންތެރިއެއް ކަމަށް ޔުނައިޓެޑު އައު ކޯޗު އެރިކް ޓެން ހާގު ބުނެފިއެވެ.

ޔުނައިޓެޑުން ކުރިއަށް އޮތް ސީޒަނުގައި ޗެމްޕިއަންސް ލީގުގައި ނުކުޅޭތީ ކަމަށް ބުނެ ރޮނާލްޑޯ އެ ޓީމު ދޫކޮށްލަން އުޅޭ ކަމަށް މީޑިއާތަކުން ދަނީ ބުނަމުންނެވެ. ނަމަވެސް އެވާހަކަތަކުގެ ހަޤީޤަތް ކޯވު ޓެން ހާގު ވަނީ މިއަދު މީޑިއާއި ހިއްސާކޮށްފައެވެ.

ޕްރިސީޒަން މެޗުތައް ފެށުމުގެ ކުރިން ނޫސްވެރިންނާއި ވާހަކަ ދައްކަމުން ޓެން ހާގު ބުނީ ރޮނާލްޑޯ އަކީ ވިއްކާ ކުޅުންތެރުއެއް ނޫން ކަމަށާއި އޭނާ އަކީ ޔުނައިޓެޑުގެ ފިއުޗާ ޕްލޭނުގައި ހިމެނޭ މުހިންމު ކުޅުންތެރިއެއް ކަމަށެވެ. އަދި ރޮނާލްޑޯ މިވަގުތު ޔުނައިޓެޑުގެ ސްކޮޑުގައި ހިމެނިގެން ޕްރިސީޒަން ދަތުރުގައި ބައިވެރި ނުވީ އޭނާގެ އަމިއްލަ ސަބަބުތަކާއި ހެދި ކަމަށް ޓެން ހާގު ބުންޏެވެ.

އަދި އަންނަ ސީޒަނަށް ޔުނައިޓެޑުން ޕްލޭން ކޮށްފައިވަނީ ރޮނާލްޑޯ އާއި އެކުގައި ކަމަށާއި ރޮނާލްޑޯ އާއި އެކު މަސައްކަތް ކުރަން ބޭނުންވާ ކަމަށް ޓެން ހާގު ބުންޏެވެ. އަދި ރޮނާލްޑޯ މިފަހަރުގެ ޓުއާގައި ބައިވެރި ނުވެވުނު ސަބަބު ޔުނައިޓެޑަށް އަންގާ އެކަމަށް ހުއްދަވެސް ކުލަބުގެ ފަރާތުން ހޯދާފައިވާކަމަށް ޓެން ހާގު ބުންޏެވެ.

" އަންނަ ސީޒަނަށް ޕްލޭން ހަދާފައިވަނީ ރޮނާލްޑޯ ހިމަނައިގެން. އަހަރެންގެ ރޮނާލްޑޯއާއި އެކު މަސައްކަތްކުރަން ބޭނުން. ރޮނާލްޑޯ އެއްވެސް ކުލަބަކަށް ނުވިއްކާނަން. އަހަރެމެންނަށް އޭނާއާއި އެކު ކާމިޔާބު ހޯދޭނެ،" ޓެން ހާގް ބުންޏެވެ.

ޓެން ހާގް އިތުރަށް ބުނީ މީޑިއާގައި ކޮންމެ ގޮތަކަށް ވާގަކަ ދެކެވުނު ނަމަވެސް އޭނާ ގާތުގައި ކުލަބު ދޫކޮށްލަން ބޭނުންވާ ވާހަކަ ރޮނާލްޑޯ ބުނެފައިނުވާ ކަމަށާއި އަދި އެކަމާއި ގުޅިގެން ރޮނާލްޑޯ އާއި ވާހަކަވެސް ދެކެވިއްޖެކަމަށެވެ. ރޮނާލްޑޯގެ ވާހަކަހުރީ ކުލަބު ދޫކޮށްލަން ބޭނުންވާ ގޮތަކަށް ނޫންކަމަށްވެސް އޭނާ ބުންޏެވެ.

" އަހަރެން ރޮނާލްޑޯއާއި ގުޅާ ވާހަކަވެސް ދައްކައިފިން، އޭނާ ހުރީ ކުލަބު ދޫކޮށްލާ ގޮތަކަށް ނޫން. މީޑިއާގައި ދެކެވެނީ ހަޤީޤަތާއި ޚިލާފު ވާހަކަތަކެއް." ޓެން ހާގު ބުންޏެވެ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް