މިމަހު 3 އިން 9 އަށް 771 މީހުން ވަނީ ކޮވިޑަށް ޕޮޒިޓިވްވެފަ: އެޗްޕީއޭ

މިމަހު 3 އިން 9 އަށް 771 މީހުން ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފައި ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ. އެޗްޕީއޭ ގެ އެންމެފަހުގެ ތަފާސް ހިސާބުތަކަށް ބަލާއިރ...

11 Jul 2022 | 11:54

މިމަހު 3 އިން 9 އަށް 771 މީހުން ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފައި ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

އެޗްޕީއޭ ގެ އެންމެފަހުގެ ތަފާސް ހިސާބުތަކަށް ބަލާއިރު، އޭގެ ތެރޭގައި މާލެ އިން 192 މީހަކާއި އަތޮޅު ތެރެއިން 304 އަދި އެހެނިހެން ރަށްތަކާއި ރިސޯޓްތަކުން 275 މީހަކު ހިމެނެއެވެ.

ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން މިވަގުތު 31 މީހަކަށް ފަރުވާ ދެމުންއަންނަ ކަމަށް ވެސް ދައްކައެވެ.

ކޮވިޑުގެ ކޭސްތައް ރާއްޖޭގައި މަދުވެފައި އޮތުމަށް ފަހު، އަނެއްކާ ވެސް އިތުރުވަމުން އަންނާތީ އެކަމަށް އާންމުން ސަމާލުވެ ރައްކަތެރިވުމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް އެޗްޕީއޭ އިން ވަނީ އިލްތިމާސް ކޮށްފައެވެ.

މީގެ އިތުރުން ކޮވިޑުން ރައްކާތެރިވުމަށް ކޮވިޑް ވެކްސިންގެ ހަތަރުވަނަ ޑޯޒެއް ޖެހުމަށް ވެސް ވަނީ އަންގާފައެވެ. އެގޮތުން ކޮވިޑް ވެކްސިންގެ ހަތަރުވަނަ ޑޯޒު ޖަހަނީ އުމުރުން 65 އަހަރުން މަތީގެ މީހުންނާއި، ބަލި ޖެހިގެން ނުރައްކާ ވާނެ ފަދަ ބަލިތައް ތަހައްމަލު ކުރާ ހައި ރިސްކް ކެޓަގަރީގެ މީހުންނަށެވެ. އަދި އުމުރުން 12 އަހަރާއި 17 އަހަރުގެ ކުދިންނަށް ވެސް ކޮވިޑް ވެކްސިންގެ ތިން ވަނަ ޑޯޒް ޖަހަން ވެސް ވަނީ ފަށާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް