ބަންގާޅު ކަނޑުގައި ލޯ ޕްރެޝަރެއް އުފެދިއްޖެ – ތޫފާން ސިތުރަންގުގެ ކޮޅުމަތި !؟

ބަންގާޅު ކަނޑުގައި އިންޑިއާގެ އައްސޭރިފަށުގައި ލޯ ޕްރެޝަރެއް އުފެދިފައިވާކަމަށް ސަރަހައްދީ މޫސުމާއިބެހޭ އިދާރާއިން ބުނެފިއެވެ. އެގޮތުން އެ އިދާރާއިން ބުނެފައިވަނީ ބަންގާޅު ކަނޑުގައި ހުޅަނގު އުތުރުން އ...

11 Jul 2022 | 09:17

ބަންގާޅު ކަނޑުގައި އިންޑިއާގެ އައްސޭރިފަށުގައި ލޯ ޕްރެޝަރެއް އުފެދިފައިވާކަމަށް ސަރަހައްދީ މޫސުމާއިބެހޭ އިދާރާއިން ބުނެފިއެވެ.

އެގޮތުން އެ އިދާރާއިން ބުނެފައިވަނީ ބަންގާޅު ކަނޑުގައި ހުޅަނގު އުތުރުން އިންޑިއާގެ އޮޑީޝާގެ އައްސޭރިފަށުގައި މިއަދު ލޯ ޕްރެޝަރެއް އުފެދިފައިވާކަމަށެވެ. އަދި ކުރިއަށް އޮތް 48 ގަޑިއިރުގެ ތެރޭގައި މި ލޯ ޕްރެޝަރު އިތުރަށް މާކު ކުރެވި، ވެލް މާކްޑް ލޯ ޕްރެޝަރަކަށް ބަދަލުވުމުގެ ފުރުސަތު އެބަ އޮތް ކަމަށެވެ.

މި ލޯ ޕްރެޝަރު ކޮޅިގަނޑަކަށް ބަދަލުވެ، ތުފާނަކަށް ބަދަލުވެއްޖެނަމަ އެ ތޫފާނަށް ދޭނެ ނަމަކީ ތޫފާން ސިތުރަންގެވެ. މިހާރު ބަންގްލަދޭޝަށް ކުރަމުން އަންނަ ވިއްސާރައަކީ މި ލޯ ޕްރެޝަރުގެ އަސަރުކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް