މަޝްހޫރު މޮޑެލް ކިމް ކަޑާޝިއަން އާއި އޭނާގެ ކޮއްކޮ ކްލޯއީ ކަޑާޝިއަން ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އަންނަކަމަށް ބައިނަލްއަގްވާމީ މީޑިއާގައި ރިޕޯޓްކޮށްފިއެވެ.
ނަމަވެސް ކިމްގެ ދެބެން ޗުއްޓީ ހޭދަކުރަމުން އަންނަނީ ކޮން ރިސޯޓެއްގައި ކަމެއް، ރާއްޖެ އައީ ކޮން އިރަކު ކަމެއް ހާމަކޮށްފައެއް ނުވެއެވެ. ކިމް އަދި ކްލޯއީގެ އިންސްޓަގްރާމުންވެސް އެމީހުން ރާއްޖެ އައީ ކޮން އިރަކު ކަމެއް، ތިބީ ކޮން ރިސޯޓެއްގައި ކަމެއް ނޭނގެއެވެ. ނުވިތާކަށް އެއީ ސީދާ ރާއްޖެ ކަމެއްވެސް އެ ފޮޓޯތަކުން ކަށަވަރެއް ނުކުރެވެއެވެ. ނަމަވެސް ގޮނޑުދޮށާއި މޫދާއި ކަންކަމަށް ބަލައި ބައިނަލްއަގްވާމީ މީޑިއާއިން ބުރަވަނީ އެއީ ރާއްޖެ ކަމަށެވެ.
ކިމްގެ ދެބެން ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން މި ގެންދަނީ ކޮއްކޮ، ކްލޯއީ ކަޑާޝިއަންގެ އުފަންދުވަސް ފާހަގަކުރުމަށްކަމަށް ރިޕޯޓްކޮށްފައިވެއެވެ. އަދި މި ދަތުރުގައި ކިމްގެ ދަރިންނާއި އާއިލާގެ ބައެއް މެންބަރުން ބައިވެރިވެފައިވާކަމަށްވެސް ރިޕޯޓްކޮށްފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް