މަސްރަހު ގޯސްވެފައިވާ ސްރީ ލަންކާގެ ރައީސް ކަމުން ގޮތާބޭ ރާޖަަޕަކްޝްޔަ ބުދަ ދުވަހު އިސްތިއުފާ ދެއްވާނެކަމުގައި ގޯތާބޭގެ ރަސްމީ އޮފީހުންވެސް ބުނެފިއެވެ.
އެ އޮފީހުން މިހެން ބުނެފައިމިވަނީ މިއަދު ނެރެފައިވާ ނޫސްބަޔާނެއްގައެވެ.
އެ އޮފީހުން މިހެން ބުނެފައިވާއިރު އެ ގައުމުގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް މަހިންދަ ޔަޕާ އަބޭވަދަަނަވެސް ވަނީ މިކަން ހާމަކޮށްފައެވެ. ނަމަވެސް އޭނާ މިކަން ހާމަކުރުމުންވެސް މުޒާހަރާ ކުރާ އާންމުންވަނީ އެކަން ގަބޫލުކުރަން ދެކޮޅު ހަދާފައެވެ.
މުޒާހަރާގެ ބައިވެރިން ރައީސްގެ ރަސްމީ ގެކޮޅާއި ސަރުކާރު އޮފީސްތައް ހިސޯރުކޮށްގެންތިބިއިރު އެ ފަރާތްތަކުން ބުނެފައިވަނީ ރަސްމީ ގެކޮޅާއި އޮފީސްތައް ދެން ހަވާލުކުރާނީ އައު ސަރުކާރަކާ ކަމަށެވެ. އޭގެ ކުރީގައި އެ ތަންތަނުން ނުނިކުންނާނެ ކަމަށެވެ.
ގޮތާބޭ އިސްތިއުފާ ދެއްވާނެކަން ގޮތާބޭގެ އޮފީހުން ރަސްމީކޮށް ހާމަކުރި ނަމަވެސް ގޮތާބޭގެ ބަހެއް ފަހުން އިވިފައެއް ނުވެއެވެ. ފިއްލެވި ގޮތަށް އަދި އެއްްވެސް ހަބަރެއް ވެފައެއް ނުވެއެވެ.
މީޑީއާ ރިޕޯޓުތައް ބުނާގޮތުގައި ގޮތާބޭ އާއި ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަވެސް ތިއްބެވީ އަސްކަރިއްޔާގެ ހިމާޔަތުގައި ކަނޑުމަތީގައި މަނަވަރެއްގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް