ޔޯގާ ހުއްޓުވި މައްސަލައިގާ ހައްޔަރުކޮށްފައިތިބި މީހުން ތިބި ކަސްޓޯޑިއަަށް އިންޑިއާ ހައި ކޮމިޝަންގެ އޮފިޝަލުން ވަތްކަމަށް ބުނާ ބުނުން ފުލުހުން ދޮގުކޮށްފިއެވެ.
މި މައްސަލައިގާ މީޑިއާތަކަށް ފުލުހުން މިއަދު ފޮނުވި މެސެޖެއްގައި ބުނެފައިވަނީ 2022 ޖޫން 21 ވަނަ ދުވަހު ގަލޮޅު ދަނޑުގައި ހިންގި ހަމަނުޖެހުންތަކާ ގުޅިގެން ހައްޔަރުކުރި މީހުން ބަންދުގައި ބައިތިއްބާފައިތިބި ކަސްޓޯޑިއަލަށް އިންޑިއަން ހައި ކޮމިޝަންގެ އޮފިޝަލުން ވަތްކަމަށްބުނެ ބަންދުގައި ތިބި މީހުންގެ ވަކީލުންނާ ހަވާލާދީ ބައެއް ނޫސްތަކުން ގެނެސްދީފައިވާ ހަބަރުތަކަކީ އެއްވެސް ހަގީގަތެއް ނެތް ދޮގު ހަބަރެއް ކަމަށެވެ.
ފުލުހުން ބުނެެފައިވަީ އެއީ ފުލުހުންގެ މުއައްސަސާގެ ތަސައްވުރު ކިލަނބުވެ ރައްޔިތުންގެ ހިތްތަކުގައި ފުލުހުންނާއިމެދު ނަފްރަތު އުފެދި، އިތުބާރު ގެެއްލިދާނެފަދަ ކަމެއް ކަމުގައި ވީހިނދު އެފަަދަ ހަބަރުތައް ގެނެސްދިނުމުގައި އިތުބާރު ކުރެވޭ މަސްދަރުތަކުން ޔަގީންކުރުމަށް ދިވެހި ފުލުހުންގެ ހިދުމަތުން އިލްތިމާސް ކުރާ ކަމަށެވެ.
ޔޯގާ ހުއްޓުވި ދުވަހު ހިންގި ހަމަނުޖެހުމާއި ގުޅިގެން ހައްޔަރުކޮށްފައިވާ ފަރާތްތަކުގެ ވަކީލުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ވަކީލުން ބުނެފައިވަނީ ހައްޔަރު ކުރި މީހުން ފުލުހުންގެ ކަސްޓޯޑިއަލުގައި ތިއްބާ އެތަނަށް އިންޑިއާގެ އެމްބަސީގެ ބައެއް މަސްއޫލުވެރިން ވަދެ، ބިރު ދައްކައި ވަރަށް ހުތު ބަހުން ވާހަކަދެއްކި ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް