މިނާގެ ފޭލިގެތަކުގައި ތިބި ދިވެހި ހައްޖުވެރިންގެ ހާލު ރައީސް އޮޅުންފިލުއްވައިފި

ރައީސުލްޖުމްޙޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަހަރު، ރާއްޖެއިން ޙައްޖުގެ އަޅުކަން އަދާކުރުމަށް ގޮސް ތިބި ދިވެހިންނާއި މިނާގައި ބައްދަލު ކުރައްވައި އެފަރާތްތަކުގެ ޙާލުއަހުވާލު އޮޅުން ފިލުއްވައިފ...

11 Jul 2022 | 05:06

ރައީސުލްޖުމްޙޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަހަރު، ރާއްޖެއިން ޙައްޖުގެ އަޅުކަން އަދާކުރުމަށް ގޮސް ތިބި ދިވެހިންނާއި މިނާގައި ބައްދަލު ކުރައްވައި އެފަރާތްތަކުގެ ޙާލުއަހުވާލު އޮޅުން ފިލުއްވައިފިއެވެ.

ރައީސް އޮފީހުން ބުނެފައިވާގޮތުގައި މިނާގެ ފޭލިގެތަކުގައި ތިބި ދިވެހި ޙައްޖުވެރިންގެ ޙާލު ބައްލަވައިލެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ކުރެއްވި ޒިޔާރަތުގައި އަރިހުގައި އަނބިކަނބަލުން ފަޒްނާ އަޙްމަދުވެސް ވަޑައިގެންނެވިއެވެ.

މިއަހަރު ރާއްޖެއިން 453 މީހަކު ވަނީ ޙައްޖުގެ އަޅުކަން އަދާކުރުމަށް މައްކާއަށް ގޮސްފައެވެ. ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޙައްޖުގެ އަޅުކަން އަދާކުރެއްވުމަށް މައްކާއަށް ވަޑައިގެންނެވީ ޖުލައި ހަތަރު ވަނަ ދުވަހުގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް