ރޮނާލްޑޯއަށް އެންމެ ފައިދާހުރި ގޮތަކީ ރެއާލް މެޑްރިޑަށް އެނބުރި ދިއުން - ފޮންޓޭ

ކްރިސްޓިއާނޯ ރޮނާލްޑޯއަށް އެންމެ ފައިދާހުރި ގޮތަކީ އޭނާގެ ކުރީގެ ކުލަބު ސްޕެއިންގެ ރެއާލް މެޑްރިޑަށް އެނބުރި ދިއުންކަމަށް ލިލްއަށް ކުޅެމުން އަންނަ ޕޯޗުގަލް ޑިފެންޑަރ ޖޯސް ފޮންޓޭ ބުނެފިއެވެ. ރޮނާލްޑޯ މ...

11 Jul 2022 | 02:38

ކްރިސްޓިއާނޯ ރޮނާލްޑޯއަށް އެންމެ ފައިދާހުރި ގޮތަކީ އޭނާގެ ކުރީގެ ކުލަބު ސްޕެއިންގެ ރެއާލް މެޑްރިޑަށް އެނބުރި ދިއުންކަމަށް ލިލްއަށް ކުޅެމުން އަންނަ ޕޯޗުގަލް ޑިފެންޑަރ ޖޯސް ފޮންޓޭ ބުނެފިއެވެ.

ރޮނާލްޑޯ މެންޗެސްޓަރ ޔުނައިޓެޑް ދޫކޮށްލަން އުޅޭ ކަމަށް ބުނެ މީޑިއާގައި ދެކެވޭ ވާހަކަތަކާއި ގުޅިގެން ޓޯކްސްޕޯޓްސް އާއި ވާހަކަ ދައްކަމުން ފޮންޓޭ ބުނީ ރޮނާލްޑޯއަށް އޭނާގެ އަސްލުފެންވަރަށް އެނބުރި އައިސް ކާމިޔާބީ ހޯދަން ބޭނުންނަމަ އޮތް ގޮތަކީ ކުރީގެ ކުލަބު ރެއާލް މެޑްރިޑަށް އެނބުރި ދިއުންކަމަށާއި އެހެން ކުލަބަކުން ރޮނާލްޑޯއަށް އޭނާގެ އަސްލު ފެންވަރު ދައްކަން އުނދަވޫ ވާނެ ކަމަށެވެ.

ފޮންޓޭ އިތުރަށް ބުނީ ރޮނާލްޑޯ އަދިވެސް ބޭނުންވަނީ އެންމެ މަތީފަންތީގެ މުބާރާތްތައް ކާމިޔާބު ކުރަން ކަމަށާއި އެގޮތުން ކޮންމެ ކުލަބަކަށް ދިޔަނަމަވެސް އޭނާގެ އުންމީދަކަށް ވާނީ ކާމިޔާބީކަމަށެވެ.

ނަމަވެސް ކާމިިޔާބީއަކީ ކޮންމެ ކުލަބަކަށް ލިބޭނެ އެއްޗެސް ނޫންކަމަށާއި ރޮނާލްޑޯއަށް އެ ފުރުސަތު އޮތީ ހަމައެކަނި ރެއާލް މެޑްރިޑުގައި ކަމަށް ފޮންޓޭ ބުންޏެވެ.

" އަހަރެންނަން އެނގޭ ރޮނާލްޑޯ ބޭނުންވަނީ ކާމިޔާބީކަން. އެހެން ނަމަވެސް އެއީ ކޮންމެކޮންމެ ކުލަބަކާއި އެކު ރޮނާލްޑޯއަށް ހޯދޭނެ އެއްޗެއް ނޫން. ރޮނާލްޑޯއަށް އެ ފުރުސަތު އަދިވެސް ލިބެން އޮތީ ރޮނާލްޑޯގެ ކުރީގެ ލުލަބު ރެއާލް މެޑްރިޑަށް އެނބުރި ގޮސްގެން." ޓޯކްސްޕޯޓްސް އާއި ވާހަކަ ދައްކަމުން ފޮންޓޭ ބުންޏެވެ.

ރޮނާލްޑޯ ޔުނައިޓެޑު ދޫކޮށްލަން އުޅޭ ކަމުގެ އަޑުތައް ގަދަވެފަައިވާއިރު، އޭނާ ޔުނައިޓެޑް ދޫކޮށްލަން އުޅެނީ އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގު ނުކުޅެވޭތީ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް