ސްޓިމުލަސް ލޯނަށް އެދުމުގެ ފުރުސަތު އޮތީ މި މަހުގެ 17 އާއި ހަމައަށް: ބީއެމްއެލް

ކޮވިޑާއި ގުޅިގެން މިހާރު ހުޅުވާލާފައިވާ ސްޓިމުލަސް ލޯނަށް އެދުމުގެ ފުރުސަތު އޮތީ މި މަހުގެ 17 ވަނަ ދުވަހާއި ހަމައަށް ކަމުގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ބުނެފިއެވެ. ބީއެމްއެލްއިން ބުނެފަ...

11 Jul 2021 | 17:08

ކޮވިޑާއި ގުޅިގެން މިހާރު ހުޅުވާލާފައިވާ ސްޓިމުލަސް ލޯނަށް އެދުމުގެ ފުރުސަތު އޮތީ މި މަހުގެ 17 ވަނަ ދުވަހާއި ހަމައަށް ކަމުގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ބުނެފިއެވެ.

ބީއެމްއެލްއިން ބުނެފައިވަނީ ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ އިގްތިސާދަށް ކުރަމުންދާ ނޭދެވޭ އަސަރުގެ ސަބަބުން ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ދެމެހެއްޓުމަށް އެހީތެރިވުމުގެ ގޮތުން ދިވެހި ސަރުކާރާ ގުޅިގެން ބޭންކް އޮފް މޯލްޑިވްސް އިން މި އަންނަނީ ކޮވިޑް-19 އެކޮނޮމިކް ސްޓިމިއުލަސް ލޯން ދޫކުރަމުން ކަމަށެވެ. މި ލޯން ދޫކުރަމުން އަންނަނީ ލޯނަށް އެދި ހުށަހަޅާ ތަރުތީބުން އެންމެ ފުރަތަމަ ހުށަހަޅާ ފަރާތްތަކަށް އިސްކަން ދީގެން ކަަމަށެވެ.

"މި ލޯން ސްކީމް އަކީ ވަކި އަދަދެއް ކަނޑައެޅިފައިވާ ލޯން ސްކީމެކެވެ. އަދި މިހާތަނަށް ބޭންކުން ބަލައިގެންފައިވާ ލޯން އެޕްލިކޭޝަންތަކުގެ އަދަދުވެސް ލޯން ސްކީމަށް ކަނޑައެޅިފައިވާ ލިމިޓަށްވުރެ އިތުރުކަން ފާހަގަ ކުރަމެވެ. އެހެން ކަމުން މި ލޯނަށް އެދި ހުށަހެޅުމުގެ އެންމެ ފަހުގެ ތާރީހަކީ  17 ޖުލައި 2021 ކަމުގައި މިވަނީ ކަނޑައެޅިފައެވެ." ބީއެމްއެލްއިން ބުނެފައިވެއެވެ.

ބޭންކުން އިތުރަށް ބުނެފައިވަނީ ލޯނަށް އެދި އެހާތަނަށް ބޭންކަށް ހުށަހެޅިފައިވާ އެޕްލިކޭޝަންތައް އިވެލުއޭޓްކުރުމަށްފަހު މިފަންޑުގައި ބާކީ ފައިސާ ހުރެއްޖެނަމަ އަލުން ލޯނަށް އެދި ހުށަހަޅެމުގެ ފުރުސަތު ހުޅުވާލެވޭނެ ވާހަކަ ދަންނަވާކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް