ޗުއްޓީގައި ތަންތަނަށް ދިއުމާއި އީދު ފާހަގަ ކުރާއިރު ކޯވިޑް ނުފެތުރޭގޮތަށް އުޅެން އަންގައިފި

ކުރިޔަށް އޮތް އަލްހާ އީދު ފާހަގަ ކުރުމަށް ގިނަ މީހުން އެއްވެގެން ހަރަކާތްތައް ނުބޭއްވުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އަންގައިފި އެވެ. އެޗްޕީއޭއިން ނެރެފައިވާ އެންގުމުގައި ބުނެފައިވަ...

11 Jul 2021 | 16:53

ކުރިޔަށް އޮތް އަލްހާ އީދު ފާހަގަ ކުރުމަށް ގިނަ މީހުން އެއްވެގެން ހަރަކާތްތައް ނުބޭއްވުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އަންގައިފި އެވެ.

އެޗްޕީއޭއިން ނެރެފައިވާ އެންގުމުގައި ބުނެފައިވަނީ ކޯވިޑް ފެތުރުމުގެ ހާލަތު ރަގަޅުވާތީ ލުއިތައް ދެވިފައިވާ މި ދަނޑިވަޅުގައި އާންމު ދިރިއުޅުމުގަ އާއި އެކިއެކި ހިދުމަތްތައް ހޯދުމާއި ފޯރުކޮށްދިނުމުގަ އާއި ދަތުރު ފަތުރުކުރުމުގައި ކޯވިޑުން ރައްކާތެރިވުމުގެ ފިޔަވަޅުތަކަށް ސަމާލުކަން ދިނުމަށް އިލްތިމާސް ކުރާ ކަމަށެވެ.

އަދި ވަކިން ހާއްސަކޮށް ޗުއްޓީ ހޭދަކުރެއްވުމަށް ތަންތަނަށް ދަތުރުކުރެއްވުމުގައާއި އީދުގެ ހަރަކާތްތައް ކުރިއަށް ގެންދިއުމުގައި ހާއްސަ ސަމާލުކަމެއް ދިނުމަށް އެޗްޕީއޭއިން ވަނީ ނަސޭހަތްތެރިވެފައެވެ.

އެންމެންގެ ރައްކާތެރިކަމަށްޓަކައި އަޅަންވީ ބައެއް ފިޔަވަޅުތައް ވެސް އެ ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ. އެގޮތުން ކަނޑުމަގުންނާއި ވައި މަގުން ދަތުރު ކުރާއިރު، މާސްކް އަޅައި އެހެން މީހުންނާ ތިން ފޫޓުގެ ދުރުމިނެއް ބަހައްޓަން އެދިފައިވެ އެވެ. މީހުން ދިރިއުޅޭ ރަށްރަށުގައި ވެސް އާންމު ތަންތަނުގައި އެކި ހިދުމަތް ހޯދަން ދާއިރު މާސްކް އަޅައިގެން އުޅުމަށް ވެސް އެދިފައިވެ އެވެ.

ބަލީގެ އެއްވެސް އަލާމާތެއް ފެނިއްޖެ ނަމަ ފްލޫ ކްލިނިކަށް ގޮސް ޓެސްޓުކޮށް، ނަތީޖާ ލިބެންދެން އެކަހެރިވުމަށް އެޗްޕީއޭ އިން އެދިފައިވެ އެވެ. އަދި ކަަރަންޓީނުގައި ތިބެން ޖެހޭ ފަރާތްތައް ކަރަންޓީނުގެ އުސޫލުތަކަށް ފުރިހަމަ އަށް އަމަލު ކުރުމަށް އެދިފައިވެ އެވެ.

އީދު ފާހަގަ ކުރަން ގިނަ ބަޔަކު އެއްވާ ހަރަކާތްތަކާއި އެއް ރަށުން އަނެއް ރަށަށް މީހުން ދާން ޖެހޭ ފަދަ ހަރަކާތްތައް ނުހިންގުމަށާއި ކުޅިވަރު މުބާރާތައް ނުބޭއްވުމަށް ވެސް އެދިފައިވެ އެވެ.

ކެެފޭ ރެސްޓޯރަންޓްތަކާއި، ފިހާރަތަކާއި، ޕާކްތަކާއި، މައިޒާން ފަދަ ތަންތަން ބޭނުންކުރާއިރު އެޗްޕީއޭގެ ގައިޑްލައިންތަކަށް އަމަލު ކުރުމަށް ވެސް އެ އެޖެންސީން އެދުނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް