މާލޭ މުނިސިލިޕަލްޓީ ދަފްތަރުގައި ނަތް އޮތް މީހުންގެ ތެރެއިން ސަރުކާރުގެ ގެދޮރުވެރިކަމުގެ މަޝްރޫއަކުން ފްލެޓް/ގޯތި ލިބިފައި ތިބި މީހުންގެ ނަން ދަފުތަރުން އުނި ކުރަން ނިންމައިފި އެވެ.
މިގޮތަށް ނިންމާފައިވަނީ މިދިޔަ ބުދަ ދުވަހު މާލޭ ސިޓީ ކައުންސިލުން ބޭއްވި ބައްދަލުވުމުގައި އެކަން މިއަދު މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވަނީ ހާމަ ކުރައްވާފައި އެވެ.
މޭޔަރު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މާލޭ ދަފްތަރުގައި ޖެހިފައިތިބި މީހުންގެ ތެރެއިން ސަރުކާރުގެ ގެދޮރުވެރިކަމުގެ މަޝްރޫއަކުން ފްލެޓް/ގޯތި ލިބިފައިހުރި ފަރާތްތައް ދަފްތަރުން އުނިކުރުމަށް ނިންމާފައިވާ ކަމަށެވެ. އަދި މައިމުޅަވެފައިވާ ފަރާތްތައް ދެނެގަތުމަށް މާލޭ ސިޓީ ކައުންސިލުން ބޭނުންވާ ކަމަށެވެ.
އެހެން ކަމުން އެފަރާތްތަކުން ސިޓީ ކައުންސިލާއި މަޢުލޫމާތު ޙިއްސާކުރުމަށް ވަރަށް އަވަހަށް ހުޅުވާލާނެ ކަމަށް ޑރ. މުއިއްޒު ވިދާޅުވި އެވެ.
https://twitter.com/MMuizzu/status/1414102169742036997
މާލޭ ދަފުތަރު ހަދައި އަތޮޅު ތެރޭގެ މީހުން ދަފުތަރުގައި ރެޖިސްޓްރީވުމަށް ހުޅުވާލީ 1994 ވަަނަ އަހަރު އެވެ. އެކަމަކު އެ ދަފްތަރުގައި ރެޖިސްޓްރީ ކުރުން މިހާރު ވަނީ މެދުކަނޑާލާފައި އެވެ.
މާލޭގައި މައި މުޅަ ވުމަކީ19ގެ ފަހުކޮޅުން ފެށިގެން ބޮޑު މައްސަލަތަކެއް ކުރިމަތިވަމުންދާ އާއިލީ މައްސަލަތަކެކެވެ. އެގޮތުން މުސްކުޅި މައިންބަފައިން ދުނިޔޭގައި ތިއްބަ އަންހެން މީހާ މަރުވެއްޖެ ނަމަ އޭނާގެ ދަރިންނަށް މަންމަ ފަރާތު މާމަ ނުވަތަ ކާފަގެ ބިމުން ބަހާފައި ނުދީ އޮއްވަ މަރުވެއްޖެ ނަމަ ދެން ތިބި މަންމަގެ އެއްބަނޑު އެއްބަފާ މީހުން މާލޭގެ ބިމުން މަރުވި އަންހެން މީހާގެ ދަރިންނަށް ބައި ނާޅައި ގެއިން ނެރުމުގެ މައްސަލަތައް ވަރަށް ބޮޑަށް ވަނީ އިތުރުވެފައި އެވެ.
އަދި މާލޭ ރައްވެހިންގެ ގޮތުގައި ތިބި އެފަދަ އެތައް އާއިލާއެއް މާލޭގައި ކުއްޔަށް އުޅެމުންދާއިރު އެމީހުންނަށް ދާއިމީ ބޯހިޔާވަހި ކަމަކީ ވަރަށް ބޮޑަށް ބޭނުންވެފައިވާ ކަމެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް