ބޯ ވަކިވީ ކުއްޖާ ނިޔާވެފައި އޮއްވަ ވިއްސުމުގެ ތެރޭގައި: އައިޖީއެމްއެޗު

އއ. އަތޮޅު ހޮސްޕިޓަލުން އައިޖީއެމްއެޗަށް ގެނައި މާބަނޑު މީހާ ވިއްސުމުގެ ތެރޭގައި ބޯ ވަކިވީ ކުއްޖާ ނިޔާވެފައި އޮއްވަ ކަމަށް އެ ހޮސްޕިޓަލުން ބުނެފި އެވެ. އައިޖީއެމްއެޗުން ނެރުނު ބަޔާނެއްގައި ބުނެފައިވަނ...

11 Jul 2021 | 15:48

އއ. އަތޮޅު ހޮސްޕިޓަލުން އައިޖީއެމްއެޗަށް ގެނައި މާބަނޑު މީހާ ވިއްސުމުގެ ތެރޭގައި ބޯ ވަކިވީ ކުއްޖާ ނިޔާވެފައި އޮއްވަ ކަމަށް އެ ހޮސްޕިޓަލުން ބުނެފި އެވެ.

އައިޖީއެމްއެޗުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ .އެ އަންހެން މީހާ އެ ހޮސްޕިޓަލަށް ގެންދިޔައިރުވެސް ދަރިފުޅު ވަނީ ބަނޑަށް ނިޔާވެފައި ކަމަށެވެ. އެ ކުއްޖާގެ ބޯވަކިވީ ނިޔާވެފައި އޮއްވަ ވިއްސުމުގެ ތެރޭގައި ކަމަށް ބުނެފައިވެ އެވެ.

މިހެން ދިމާވެފައި ވަނީ މައިމީހާގެ ސިއްހީ މައްސަލަތަކެއް ހުރުމުންނާއި، ދަރިފުޅު ބަނޑަށް ނިޔާވެފައިވާތާ ގިނަ އިރު ވެފައިވާތީ ކަމަށް އައިޖީއެމްއެޗުން ބުނެ އެވެ.

އެ ހޮސްޕިޓަލުން ބުނީ ބަލިމީހުންގެ ތަފްސީލީ ސިއްހީ މައުލޫމާތު ހޮސްޕިޓަލްގެ ފަރާތުން ހާމަކުރުމަކީ ގާނޫނީ ކުށަކަަށްވުމުގެ އިތުރުން، މި މައްސަލައާ ބެހޭ މައުލޫމާތު، އިތުރަށް ހާމަ ނުކުރުމަށް އާއިލާގެ ފަރާތުންް ހޮސްޕިޓަލްގައި އެދިފައިވާ ކަމަށެވެ.

އަދި ބަޔާނުގައި ހާމަކޮށްފައިވަނީ އާއިލާއިން މައުލޫމާތު ހާމަ ކުރަން ބޭނުންވާ ވަރަށް ކަމަށް އައިޖީއެމްއެޗުން ބުނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް