ފިލްމީ ތަރި ދޮން އައްޔަ ބައްޕައަކަށް ވަނީ

ކުޅަދާނަ ފިލްމީ ތަރި އަލީ އާޒިމް (ދޮން އައްޔަ) އަށް ފުރަތަމަ ދަރިފުޅު ލިބެން އުޅޭކަން ހާމަކޮށްފި އެވެ. ދޮން އައްޔަ އާއި އަންހެނުން ހައްވާ ޖީނާ ކައިވެނިކޮށްފައިވަނީ 2019 ވަނަ އަހަރުގެ އޮކްޓޯބަރު ހައެއް...

11 Jul 2021 | 11:27

ކުޅަދާނަ ފިލްމީ ތަރި އަލީ އާޒިމް (ދޮން އައްޔަ) އަށް ފުރަތަމަ ދަރިފުޅު ލިބެން އުޅޭކަން ހާމަކޮށްފި އެވެ.

ދޮން އައްޔަ އާއި އަންހެނުން ހައްވާ ޖީނާ ކައިވެނިކޮށްފައިވަނީ 2019 ވަނަ އަހަރުގެ އޮކްޓޯބަރު ހައެއްގައި އެވެ.

އައްޔަ އިންސްޓަގްރާމްގައި ދަރިފުޅު ލިބެން އުޅޭކަން ހާމަ ކުރީ ރީތި ފޮޓޯއަކާއި އެކު އެވެ. ފޮޓޯގައި އިނީ ޖީނާގެ ބަނޑުގައި ދެމީހުން އަތް އަޅާލައިގެން އިންނަތަނެވެ.

ފޮޓޯ އާންމުކޮށް ދޮން އައްޔަން ބުނެފައިވަނީ ޖީނާގެ ބަނޑުގައި އޮތް "ޖާނު" ދެކިލާހިތުން ކެތް މަދުވެފައި ހުރި ކަމަށެވެ. މި ފޮޓޯ އާންމު ކުރުމާއި އެކު އައްޔައަށް ގިނަ ބަޔަކު ދަނީ މަރުހަބާ ކިޔަމުންނެވެ.

https://www.instagram.com/p/CRGEKjLpp0j/

ދޮން އައްޔަން އެންމެ ފުރަތަމަ ފިލްމީ ދާއިރާއަށް ނުކުމެފައިވަނީ ޑާންސް ގްރޫޕަކުންނެވެ. އޭގެ ފަހުން ފިލްމީ މަސައްކަތްތައް ފެށުމަށް ފަހު ކާމިޔާބު ގިނަ ފީޗާ ފިލްމުތަކެއްގެ މުހިންމު ރޯލުތަކަކުން އޭނާ ފެނިގެން ގޮސްފައިވެ އެވެ.

އޭގެ ތެރޭގައި ފިލްމު ބޮސް، ހައްދު، ލީނާ، މަލިކާ ފަދަ ފިލްމުތައް ހިމެނެ އެވެ. ދެން އެންމެ އަވަހަށް ބެލުންތެރިންނަށް ދޮން އައްޔަ ފެންނާނީ ފިލްމް 'ހެހެސް' އިން ނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް