އަލީ މައްސަލައެއްގައި ދައުލަތުން ކުރި އިސްތިއުނާފު އަނެއްކާވެސް ހައިކޯޓުން ބޭރުކޮށްލައިފި

ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ ޕާސްޕޯޓު ހިފެހެއްޓެން ނެތް ކަމަށް ކްރިމިނަލް ކޯޓުން ނިންމުން ދައުލަތުން ހައިކޯޓުގައި އިސްތިއުނާފު ކުރި އެ މައްސަލަ އެ ކޯތުން ބޭރުކޮށްލައިފި އެވެ. މިމަހު ހައިކޯ...

11 Jul 2021 | 11:12

ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ ޕާސްޕޯޓު ހިފެހެއްޓެން ނެތް ކަމަށް ކްރިމިނަލް ކޯޓުން ނިންމުން ދައުލަތުން ހައިކޯޓުގައި އިސްތިއުނާފު ކުރި އެ މައްސަލަ އެ ކޯތުން ބޭރުކޮށްލައިފި އެވެ.

މިމަހު ހައިކޯޓުން ވަނީ އަލީގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި އޮންލައިންކޮށް ކުރިޔަށް ގެންދާ މައްސަލަވެސް ހައިކޯޓުގައި އިސްތއިުނާފު ކޮށްފައިއެވެ. އެ މައްސަލަވެސް ނުބެލޭނެ ކަމަށް ނިންމާފައިވާއިރު މިއަދު ސުޕްރީމް ކޯޓުގައި ޕީޖީ އޮފީހުން ވަނީ މައްސަލަ އިސްތިއުނާފުކޮށްފައި އެވެ.

މިއަދު ޕާސްޕޯޓު މައްސަލައިގަ ހައިކޯޓުގެ ރެޖިސްޓްރާ އެ މައްސަލަ ކޯޓަށް ބަލައި ނުގެންނަން ނިންމާ ވިދާޅުވެފައިވަނީ އަލީ ވަހީދުގެ ޕާސްޕޯޓް ހިފެހެއްޓުމަށް އެދި ކޯޓު އަމުރެއް ހޯދަން ޕީޖީއިން ހުށަހަޅާފައި ގޮތަށް އެ މައްސަލަ ބަލައިނުގަނެވޭނެ ކަމަށެވެ.

ޖިންސީ ގޯނާގެ ތުހުމަތުގެ މައްސަލަތަކުގެ ދައުވާ އުފުލާފައިވަނިކޮށް ކޯޓު މެދުވެރިކޮށް ޕާސްޕޯޓު ހޯދައިގެން އަލީ މިވަގުތު ހުންނެވީ ބޭސް ފަރުވާއަށް އިނގިރޭސިވިލާތުގައި އެވެ. ބޭސް ފަރުވާއަށް ދިން މުއްދަތު ހަމަވި އިރުވެސް އޭނާ ރާއްޖެ ވަޑައި ނުގެންނަވާއިރު ޝަރީއަތުގައި ބައިވެރިވެވަޑައިގެންނެވީ އޮންލައިންކޮށެވެ.

އަލީގެ މައްސަލަތަކުގެ ތެރެއިން ހައިކޯޓަށް ބަލައިގެންފައިވަނީ ބޭރުގައި ހުންނަވައިގެން ޝަރީއަތް ކުރިއަށް ގެންދާ މައްސަލަ އެވެ. އެ މައްސަލައިގެ ޝަރީއަތް މާދަމާ ހައި ކޯޓުގައި ފަށާނެ އެވެ.

އަލީގެ މައްޗަށް ދައުލަތުން ހަތް ދައުވާއެއް އުފުލާފައިވެ އެވެ. އެއީ އޭނާ ޓޫރިޒަމް މިނިސްޓަރު ކަމުގައި ހުންނެވި އިރު މުވައްޒަފުންތަކަކަށް ޖިންސީ ގޯނާ ކުރި މައްސަލަތަކުގައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް