ލަފާ ގަބޫލުކޮށް، އަސްލު ހޯދަން ރައީސް ސޯލިހު ފަސް ޖެހިވަޑައިނުގަންނަވާނެ: ނަޝީދު

ގޮއްވާލި މައްސަލައިގަ ރައްޔިތުންގެ މަޖިލީހުން އަރުވާ ލަފާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ގަބޫލު ކުރައްވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ. އެމަނިކުފާނު ...

11 Jul 2021 | 10:10

ގޮއްވާލި މައްސަލައިގަ ރައްޔިތުންގެ މަޖިލީހުން އަރުވާ ލަފާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ގަބޫލު ކުރައްވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ މަޖިލީހުގެ ގައުމީ ސަލާމަތުގެ ކޮމިޓީ (241 ކޮމިޓީ) އިން މައްސަލަ ދިރާސާ ކުރުމަށް ފަހު އެކުލަވާލި އިންކުއަރީ ރިޕޯޓު އެމަނިކުފާނަށް އެރުވުމަށް ބޭއްވި ރަސްމިއްޔާތުގައި އޮންލައިންކޮށް ފާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ނަޝީދު ވިދާޅުވީ ޓެރަރިސްޓު ހަމަލާ މިފަހަރު އަމާޒުވީ އެމަނިކުފާނަށް ކަމަށް ވިޔަސް މިއީ ވަކި ބޭފުޅެއްގެ ޒާތާ ބެހޭ މައްސަލައެއް ނޫން ކަމަށެވެ. ނަޝީދު ވިދާޅުވީ އެމަނުކާފަށް އަމާޒުކޮށް ދިން ހަމަލާއަކީ ގައުމީ މައްސަލައެއް ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ވެސް، އުއްތަމަ ފަނޑިޔާރު ވެސް، މަޖިލީހުގެ ލަފާ ބަލައިގަންނާނެ ކަމަށް ގަބޫލު ކުރައްވާނެ ކަމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ފަހަތަށް ޖެހިވަޑައިނުގަންނަވާ މި ކަމުގައި އަޅުއްވަން ޖެހޭ ފިޔަވަޅުތައް އަޅުއްވަން، އެދިވަޑައިގެންނަވާ ކަމަށް ވިދާޅުވި އެވެ.

ނަޝީދަށް ރިޕޯޓު އަރުވާފައިވަނީ ކޮމިޓީގެ މުގައްރިރު ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމާއި މަޖިލީހުގެ އަމީން އާންމު ފާތިމަތު ނިއުޝާ އެވެ. މި ރިޕޯޓު މިހާރު ވަނީ ރައީސް ސޯލިހަށްވެސް އަރުއްވާފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް